ads
--------
މެސެޖުކުރާއިރު އަންހެން ކުއްޖާ ގަޔާވާކަން ދެނެގަންނާނީ ކިހިނެއް؟
އަންހެނުންގެ ހަރަކާތްތަކުން އޭނާގެ އިހުސާސްތައް ދެނެގަތުމަކީ ވަރަށް "ކޮމްޕްލިކޭޓެޑް" ކަމެކެވެ. ވަކިން ހާއްސަކޮށް ޓެކްސްޓް މެސެޖުތަކަކުން އެކަން ދެނެގަންނަން އުނދަގޫވެ އެވެ.
Advertisement

ކޮންމެ ކަހަލަ ގުޅުމެއްގައި ވެސް މެސެޖްކުރުން ފަދަ ކަންކަން ކުރާނެ އެވެ. އެކަމަކު މެސެޖަކުން އަންހެން ކުއްޖާ ތިމާދެކެ ލޯބިވާކަން ދެނެގަންނަން ނޭނގިދާނެ އެވެ. އެހެންކަމުން، މިއީ އެފަދަ ފަރާތްތަކަށް އެހީއަކަށްވާނެ އެވެ.

މިއީ އެންމެ މުހިއްމު އެއް ކަންތަކެވެ. ކޮންމެ ފަހަރަކު ތިމާ އިސްނަގައިގެން މެސެޖްކުރާނަމަ ތިޔަ ގުޅުމާއި މެދު ތިމާ ދެކޭ ގޮތް ބަދަލުކުރަން ޖެހެ އެވެ. އޭގެ ބަދަލުގައި ތިމާޔާއި އެއްވަރަށް އަންހެން ކުއްޖާ ވެސް އިސްވެ މެސެޖްކުރާނަމަ އެއީ އޭނާ ވެސް ތިމާދެކެ ގަޔާވާކަމުގެ ނިޝާނެކެވެ.

ހުރިހާ އަންހެނުންނަކީ މެސެޖެއްކޮށްލާއިރަށް އެހާ އަވަހަށް ޖަވާބުދޭ ބައެއް ނޫނެވެ. އެއީ އަބަދު ފޯނު ހިފައިގެން ފިރިހެނަކު މެސެޖުކުރާނެ އިރެއްގެ އިންތިޒާރުގައި އިންނާކަަށް އެމީހުންނެއް ވެސް ބޭނުމެއް ނުވާނެ އެވެ. އެކަމަކު މަސައްކަތުގައި ބިޒީކޮށް އުޅުނަސް އަވަހަށް މެސެޖަށް ރިޕްލައިދޭނަމަ އެ އަންހެން ކުއްޖާ ވެސް ތިމާދެކެ ގަޔާވަނީ އެވެ. އަދި އެ ކޮންވަޒޭޝަން ކުރިއަށް ގެންދަން ވެސް އެެމީހުން ބޭނުންވަނީ އެވެ. 

އަންހެނަކު ދިގު މެސެޖެއްކޮށްފިނަމަ އެއީ ރަނގަޅު ސައިންއެކެވެ. އެއީ ތިމާދެކެ ގަޔާ ނުވާނަމަ ނުވަތަ އަދި ތި ގުޅުމަށް ޝައުގުވެރި ވެސް ނުވާނަމަ އަންހެނަކު ދިގު މެސެޖެއްކޮށް ވަގުތު ބޭކާރެއް ނުކުރާނެ އެވެ. އެކަމަކު ބޮޑެތި މެސެޖްތައް ކުރުމާއި ފޮލޯއަޕް ސުވާލުތައް ކުރާނަމަ އެއީ ތި ގުޅުން ކުރިއަށް ގެންދަން އޭނާ ވެސް ބޭނުންވާތީ އެކަން ކުރަނީ އެވެ.

އަންހެނުންނަށް އާންމުކޮށް ގިނަ ކަންކަން ނޯޓިސް ވާނެ އެވެ. މިސާލަކަށް އަންހެނަކު ތިމާދެކެ ލޯބިވާނަމަ ތިމާގެ ޓެކްސްޓިން ސްޓައިލަށް ބަދަލެއް ގެނަޔަސް އެކަން އެނގޭނެ އެވެ. މިކަން ފާހަގަވޭތޯ ބަލާލަން ވެސް އެކަންކޮށްލަބަލާށެވެ. ވަރަށް ގިނައިން އެމޯޖީ ފޮނުވަ ފޮނުވާފައި ކުއްލިއަކަށް ހުއްޓާލައިފިނަމަ އެކަން ވެސް އެމީހުންނަށް އެނގޭނެ އެވެ. އެގޮތުން ހުރިހާ ކަމެއްވެސް ރަނގަޅުތޯ ބަލާއި އޮޅުން ފިލުވާނެ އެވެ. އަންހެން ކުއްޖާ ތިމާއަށް ޝައުގުވެރިވާނަމަ އެ ހުރިހާ ކަމެއް ވެސް ނޯޓިސް ވާނެ އެވެ. އެކަމުގައި ތިމާ ޖަވާބެއް ނުދޭނަމަ، އެކަމުގައި ވިސްނަން ވެސް ފަށާނެ އެވެ.

ލޯބީގެ ގުޅުމަކަށް ދާން ބޭނުން ނުވާ އަންހެނުން ތިމާއާއެކު މަޖާކޮށް، ސަމާލުކަން ހޯދުން ފަދަ ކަންކަމެއް ނުކުރާނެ އެވެ. އެކަމަކު ގަޔާވާނަމަ އޭނާގެ ވާހަކަތައް ހިއްސާކުރާނެ އެވެ.


50%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް