ads
މަޝްވަރާ ބައްދަލުވުން ބާއްވާ ގއ. ވިލިނގިލި -- ފޮޓޯ: ވިލިނގިލި / ޓްވީޓާ
ދެކުނުގެ ފަސް އަތޮޅުގެ ތަރައްގީއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ފަށަނީ
ރާއްޖޭގެ އެންމެ އުތުރުގައި އޮތް ލ. އަތޮޅާއި ގއ. އަދި ގދ. އަތޮޅާއި ޏ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީގެ އަތޮޅު ކައުންސިލު ގުޅިގެން އެ ފަސް އަތޮޅުގެ ތަރައްގީގެ މަޝްވަރާ ފަށަން ތައްޔާރުވެއްޖެ އެވެ.
Advertisement
ލ. އަތޮޅާއި، ގއ. އަދި ގދ. އަތޮޅާއި ފުވައްމުލަކުގެ އިތުރުން އައްޑޫ ސިޓީގެ އަތޮޅު ކައުންސިލްތައް ގުޅިގެން ފަސް އަތޮޅުގެ ތަރައްގީގެ މަޝްވަރާ ފަށަން ތައްޔާރުވެއްޖެ އެވެ.

ގއ. ވިލިނގިލީގައި މާދަމާ ފެށުމަށް ނިންމާފައިވާ މިބައްދަލުވުމުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެއް ދުވަހުގެ މުއްދަތަށް ބާއްވާ މި މަޝްވަރާ ބައްދަލުވުމާ ގުޅިގެން ގދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނާސިހު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިބައްދަލުވުމުގައި މަޝްވަރާކުރާނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ.

މީގެތެރޭގައި ހިމެނެނީ ދެކުނުގެ ފަސް އަތޮޅު ހިމެނޭހެން އިޖުތިމާއީ ޖަމިއްޔާއެއް އުފެއްދުމާއި، އެ ހިސާބުގައި ފަސޭހައިން ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އިތުރުން އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތައް ކުރުމަށް ނިންމުމެވެ.

މިބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންކަމަށް ހައްލެއް ހޯދޭނެ ކަމުގެ އުއްމީދުގައި ބާއްވާ މިބައްދަލުވުމުގައި މަޖިލީހުގެ 25 މެންބަރަކު ވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރޭގައި ފަސް އަތޮޅުގެ އެކި ދާއިރާތައް ތަމްސީލް ކުރާ މެމްބަރުން ވެސް ހިމެނެ އެވެ.

މީގެއިތުރުން މިބައްދަލުވުން އޮބްޒާވް ކުރުމަށް ރަށު ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ވަނީ ދައުވަތު ދީފަ އެވެ.

ދެކުނުގެ ފަސް އަތޮޅުގެ ތަރައްގީއާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ފެށުމަށް ތައްޔާރުވަމުން މިދަނީ ލާމަރުކަޒީ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާ ވަގުތެއްގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް