
ރިޝީ ކަޕޫރަކީ އެދުވަސްވަރު ބޮލީވުޑްގެ އެންމެ ކުރީސަފުގައި މަސައްކަތް ކުރަމުން އައި ތަރިއަކަށް ވިޔަސް ނީތޫ އޭރު އަލަށް ބޮލީވުޑަށް ތައާރަފް ވިީއެވެ.
ނީތޫ ބުނީ މީހުން އާންމުކޮށް އެންމެ ލޯބިވާނީ އެމީހުންނަށް އެންމެ އުނދަގޫ ކުރާ މީހުން ދެކެ ކަމަށެވެ. އަދި ރިޝީ އަކީ އޭނާ އަށް އެންމެ އުނދަގޫކުރި މީހާކަމަށް ނީތޫ ބުނެއެވެ. އަދި އޭނާ ވެސް ރިޝީ އަށް އެހާ އުނދަގޫ ކުރިކަމަށާއި، އެހެން ގޮސް ދެ މީހުންނަށް ވެސް ލޯބި އިހުސާސް ކުރެވުނު ކަމަށެވެ.
ރިޝީ އާ ނީތޫ
އިންޑިއަން އައިޑޮލް 12ގެ އެޕިސޯޑަކަށް ދާދި ފަހުން ނީތޫ ވަނީ ޝޫޓްކޮށްފަައެވެ. އެ އެޕިސޯޑްގައި ވާހަކަ ދައްކަމުން ނީތޫ ވަނީ ރިޝީގެ ކާމިޔާބީތައް ފާހަގަކޮށް އެކަމަށް ފަހުރުވެރިވާކަމަށް ބުނެފައެވެ. ނަމަވެސް ރިޝީ ދެކެ ލޯބިވެވުނު ގޮތް ކިޔާދޭން ފެށި ތަނާ ނީތޫއަށް ވަނީ ރޮވެން ފަށާފައެވެ. އަދި ދެމީހުން އެކަކު އަނެކަކުދެކެ ލޯބިވާވަރު ކިޔާދީ ނިމެންދެން ވެސް ނީތޫގެ ދެ ލޯ ވަނީ ކަރުނައިން ފުރިފައެވެ.
ރިޝީ އާ ނީތޫގެ ކުރީގެ ފޮޓޯއެއް
އެހަނދާންތައް ކިޔާދެމުން ނީތޫ ވަނީ ތަފާތު ގޮތަކަށް ރިޝީ އޭނާ އަށް ލޯބި ހުށަހެޅި ގޮތް ކިޔާދީފަ އެވެ. އަދި ރިޝީ އާ ރައްޓެހި ވެގެން އުޅުމުގެ ކުރިން ރިޝީ އަށް އެހެން އަންހެނުން އިމްޕްރެސް ކުރަން އެހީވެދިން ގޮތް ވެސް ނީތޫ ވަނީ ކިޔާދީފައެވެ.
އަދި މަޑުމަޑުން ރިޝީ އަށް އޭނާ ކަމުދާން ފެށިކަމަށް ނީތޫ ބުނެއެވެ. އަދި ރިޝީ އޭނާ އަށް ލޯބި ހުށަހެޅީ ސިޓީ އަކުން ކަމަށް ވެސް ނީތޫ ބުނެފައި ވެއެވެ.
ނީތޫ ބުނީ ރިޝީ އެދުވަސްވަރު އުޅުނީ ފިލްމެއްގެ މަސައްކަތުގައި ޕެރިހުގައި ކަމަށެވެ. އަދި ނިތޫ އުޅުނީ ކަޝްމީރުގައި ކުރިއަށް ދިޔަ ފިލްމު ޝޫޓްއެއްގަ އެވެ. އެއް ދުވަހު ރިޝީގެ ސިޓީއެއް ލިބުމުން ހުޅުވާ ކިޔާލި އިރު އޭގައި އޮތީ ވަރަށް ނީތޫ މަތިން ހަނދާންވާކަމަށާއި އަދި ވަރަށް ލޯބި ވެސްވާކަމަށެވެ.