ads
-------
ކުރީގެ ލޯބިވެރިޔާގެ ހަނދާން ނައްތާލަން ކިހާ ދުވަހެއް ނެގި؟
"އެކްސް" ނުވަތަ ކުރީގެ ލޯބިވެރިޔާގެ ހަނދާން ނައްތާލުމަކީ ބައެއް މީހުންނަށް ފަސޭހަ ކަމެކެވެ. އަނެއް ބަޔަކަށް އެއީ އުނދަގޫ ކަމެކެވެ. އެތައް އަހަރެއް ނަގަ އެވެ. އަނެއް ބައި ފަހަރު އެމީހުންގެ އިތުބާރު ލޯތްބަށް ގެއްލެ އެވެ. ހިތާއި ސިކުނޑިއަށް ވެސް ވަގުތު

އެކަމަކީ ހިތާއި ސިކުނޑިއަށް ވެސް ވަގުތު ބޭނުންވާ ކަމެއް ކަމުން، އެކި މީހުންނަށް ލޯބިވެރިޔާގެ ހަނދާން ނައްތާލަން ނަގަނީ އެކި މުއްދަތެވެ. އެއް ބަޔަކު ލޯބީގެ ގޮތުން ގުޅިގެން އުޅެމުން އެހެން މީހުންނާއި ވާހަކަ ދައްކާ ހަދާއިރު މިއީ އެފަދަ މީހުނަށް މާ އުނދަގޫ ކަަމަކަށް ނުހަދަ އެވެ. އެކަހަލަ މީހުން ފެންނަނީ ޖެހިގެން އަންނަ ދުވަހަކު އެހެން މީހަކާ އެކީ އުޅޭ މަންޒަރެވެ. 

ކޮންމެއަކަސް ހަގީގީ ލޯބިވެރިންނަށް އެކަމަށް ވަގުތު ނަގަ އެވެ. ސައިކޯތެރަޕިސްޓެއް ކަމަށްވާ އަކީރާ ޕެޓާކިން ބުނާ ގޮތުގައި ދެ ގުޅުމަކީ އެއް ވައްތެއްގެ ގުޅުމަކަށް ނުވެދާނެ އެވެ. އެގޮތުން ލޯބިވެރިން ބީވުމުން އެކި މީހުން ދެރަވާ ގޮތާއި އުޅޭ ގޮތް ވެސް ތަފާތުވާނެ އެވެ. އެއް ބަޔަކު ރުޔަސް އަނެއް ބަޔަކު އެކަމުގައި ނުރޮއިފާނެ އެވެ. 

ބްރޭކަޕަށް ފަހު، ރުޅި އައިސް ކުރީގެ ލޯބިވެރިޔާއަށްް "ބްލޭމް" ކޮށް، އޭނާއަށް ބަދަލު ހިފަން ވެސް އުޅޭ ފަހަރު އާދެ އެވެ. އަކީރާ ބުނާ ގޮތުގައި ކުރީގެ ލޯބިވެރިޔާ ދެކެ އަންނަ ރުޅި އެތައް އަހަރަކަށް ވެސް ދެމިގެން ގޮސްދާނެ އެވެ. އެކަން ބަރޯސާވާނީ އެމީހުންގެ ގުޅުން ދެމި އޮތް އަހަރުތަކުގެ މިންވަރަށެވެ. 

ބައެއް އަންހެނުން ވަނީ އެމީހުންނަށް ލޯބިވެރިން ހަނދާން ނައްތާލަން ހޭދަވި ވަގުތު ވެސް ހިއްސާކޮށްފަ އެވެ.

އެގޮތުން ފަސް އަހަރު ދުވަހަށް ޑޭޓްކުރި އަންހެނަކު ވަނީ އޭނާ އަލުން މީހަކާއި ގުޅުނީ ފަސް އަހަރު ފަހުން ކަމަށް ބުނެފަ އެވެ. އަދި ތިން އަހަރާއި ބައި ވަންދެން ޑޭޓްކުރި އަންހެނަކު ބުނެފައި ވަނީ އެމީހުން ވަކިވިތާ ވެސް ތިން އަހަރުވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަމުން އަރައިގަނެވޭނެ ކަމަށް ހީކުރެވުނަސް އަދިވެސް ބޮލަށް އޭނާގެ ނަން އަންނަ ކަމަށެވެ. އެއީ ޖެލަސް ވެގެން ނުވަތަ މިސް ވެގެން ނޫން ކަމަށާއި އޭނާ ކަންތައް ކުރި ގޮތުން ރުޅި އައިސްގެން ކަމަށް ބުނެ އެވެ. އޭނާ ބުނި ގޮތުގައި ދިމާވި ކަންކަމުގެ ސަބަބުން ތެރަޕީ ވެސް ނަގަން ޖެހުނެވެ. 

އިތުރު އަންހެނަކު ބުނީ އޭނާގެ ޑޭޓްކުރީ ދެ އަހަރަށް ކަމަށެވެ. އެކަމަކު އެކަމުން ހަތަރު މަސް ދުވަހުގެ ތެރޭގައި އަރައިގަނެވިފައިވާ ކަމަށެވެ. މި މީހުންގެ ވާހަކަތަކުން އެކި މީހުންނަށް ހޭދަވަނީ އެކި މުއްދަތުކަން އެނގެ އެވެ. 

އެކި މީހުންނަށް ގުޅުމުގެ ތެރެއިން ދިމާވާނީ އެކި ކަންކަމެކެވެ. މިހެންކަމުން އެކި މުއްދަތު ހޭދަވާއިރު ތިމާ، ކުރީގެ ލޯބިވެރިޔާގެ ހަނދާން ނައްތާލަން ކިހާ މުއްދަތެއް ހޭދަކުރިން ހެއްޔެވެ.؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް