އެއަތޮޅު ދިއްދޫ ހޮސްޕިޓަލްގެ މެނޭޖަރު އުސްމާން އަޝްރަފް ސީއެންއެމްއަށް މައުލޫމާތު ދެމުން ވިދާޅުވީ، މޮޅަދޫ އިންޖީނުގެ އަޅަން ޖުމުލަ 15 މީހުން އެރަށަށް ދިޔަ ކަމަށެވެ.
އެ އެންމެންގެ ސާމްޕަލް ނެގި އިރު، ދެމީހުން ކޮވިޑަށް ޕޮޒިޓިވް ކަމަށާއި، ފަސް މީހަކު ނެގަޓިވް ކަމަށް އަޝްރަފް ވިދާޅުވިއެވެ.
މީގެ އިތުރުން އަށް މީހެއްގެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބޭ ކަމަށް އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ މޮޅަދޫ އިންޖީނުގެ އަޅަން އެރަށަށް ދިޔަ 15 މީހުންނަކީވެސް ބިދޭސީ މީހުން ކަމަށެވެ.