ads
ހިމަންދޫ--
ހިމަންދޫން ގެއްލުނު މީހާ ފެނިއްޖެ
އއ. ހިމަންދޫ އިން ޑިންގީއެއްގައި މަހަށް ނިކުތް ފަހުން ހަބަރެއް ނުވެގެން އުޅުނު މީހާ ފެނިއްޖެ އެވެ.

ހިމަންދޫ ކައުންސިލްގެ މެމްބަރަކު ސީއެންއެމްއަށް ވިދާޅުވީ އެމީހާ ގެއްލިގެން ހޯދަމުން އައީ ފަތިހު، އެކަނި ޑިންގީއެއްގައި މަހަށް ނިކުތް ފަހުން ހަބަރެއް ނުވެގެން ކަމަށެވެ. 

އެގޮތުން މެންދުރު 14:30 ހާއިރު އޭނާ ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތުދެ އެވެ. 

މެމްބަރު ވިދާޅުވީ، އެމީހާ ގެއްލިގެން އެމްއެންޑީއެފަށް ވެސް ރިޕޯޓްކުރި ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ވެސް ފެށި ފަހުން، އޭނާ ފެނުނީ ސަފާރީއެއްގެ ބަޔަކަށް ކަމަށެވެ. އެގޮތުން ސަފާރީއާ ގާތްވުމަށް ފަހު، ކ. ގުރައިދޫ އޮންނަ ސަރަހައްދު ހޯދި ކަމަށް ވިދާޅުވި އެވެ. 

މެމްބަރު ވިދާޅުވި ގޮތުގައި އޭނާ މިހާރު ގޮސްފައި ވަނީ ގުރައިދޫއަށެވެ. އަދި އެމީހާ ފެނިގެން ސަފާރީން މައުލޫމާތުދީފައިވާ ކަމަށް ވެސް ބުނެ އެވެ. 

މެމްބަރު ވިދާޅުވީ ކޮޅިގަނޑެއް އައުމުން، އޭނާއަށް މިސްރާބު ގެއްލުނީ ކަމަށް ބެލެވޭ ކަމަށެވެ. 

ރާއްޖެއަށް މޫސުން ގޯސްވެ، އެމްއެންޑީއެފުން ވެސް ވަނީ މޫސުމަށް ސަމާލުވުމަށް އެދިފަ އެވެ. އަދި ކުދި، ސަލާމަތީގޮތުން ރައްކާތެރިކަން ކުޑަ އުޅަނދުފަހަރުގައި ރޭގަނޑު، އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް