އެގޮތުން މިހާރު އަލުވި ބަސްތާއެއް 185ރ އަށް، ބިސް ކޭހެއް 265ރ އަށް އަދި ފިޔާ ބަސްތާއެއް 200ރ އަށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މި ތަކެތި ހުސް ނުވެ އަދި ހަމަ އެއް އަގެއްގައި މުޅި ރޯދަ މަހު ވެސް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯ އިން ދެ އެވެ.
ކޮންމެ އަހަރެއްގެ ރޯދަ މަހަށް ހާއްސަކޮށް ސަރުކާރުގެ މައި ކުންފުނި، އެސްޓީއޯ އިން މި ތަކެތި ގިނަ އަދަދަކަށް ގެނެސް ހެޔޮ އަގު ތަކެއްގައި ވިއްކަމުން ދާއިރު އެހެނިހެން ވިޔަފާރިވެރިން މިތަކެތި ބޮޑު އަގުގައި ވިއްކާ ކަން ފާހަގަ ކުރެވެއެވެ.
އެގޮތުން ވިޔަފާރިވެރިން ބުނެފައި ވަނީ މިދުވަސްކޮޅު ގެންނަ މުދާ ވަރަށް އަވަހަށް ހުސްވާ ކަމަށާއި އޭގެ ފަހުން އެމީހުން ވެސް މުދާ ގަންނަން ޖެހެނީ އެސްޓީއޯއިން ކަމަށެވެ. އަދި އެސްޓީއޯ އިން މުދާ ގަތުމަށް ކިއުގައި ގިނައިރު މަޑު ކުރަން ޖެހުމާއި ފިހާރައަށް ގަންނަންދާ ހަރަދަށް ބަލާފައި އެތަކެތި ހެޔޮ އަގުގައި ވިއްކެން ނޯންނަ ކަމަށެވެ.