ads
މަބްރޫކް އާއި މަލީހު-
މަލީހް ވަކިކުރިޔަސް، އިންޓަނެޓްގެ ސްޕީޑަށް ބަދަލެއް އަދި ނާދެ: މަބްރޫކް
ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު މަލީހު، މަގާމުން ވަކިކުރިތާ މަސް ދުވަސްވީއިރު ވެސް އަދިވެސް އިންޓަނެޓްގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދު މެންދުރުފަހު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ވަނީ މަލީހް މަގާމުން ވަކިކުރިތާ މިހާރު މަސް ދުވަސްވެފައިވާއިރު ވެސް އިންޓަނެޓް މައްސަލައަށް ހައްލެއް ނާންނަ ކަމަށާއި އެކަމަށް ހައްލެއް ލިބޭނީ ކޮންއިރަކުތޯ ސުވާލުކޮށްފަ އެވެ. 

އެ ސުވާލުގެ ޖަވާބުގައި މަބްރޫކް ވިދާޅުވީ މަލީހް ވަކިކުރިޔަސް އަދި އިންޓަނެޓްގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށާއި އިންޓަނެޓްގެ ސްޕީޑަށް ބަދަލު ގެންނަން މިއަހަރު 1.5 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ ކަމަށެވެ. 

މަބްރޫކް ވިދާޅުވީ މަސައްކަތްކުރަމުން އަންނަނީ ޓެލެކޮމް ކުންފުނިތަކުގެ ސާވިސް ރަނގަޅުކުރުމަށް ކަމަށާއި އެގޮތުން އިންޓަނެޓްގެ ހިދުމަތަށް ބުރޫނާރާނެ ގޮތަކަށް ހިދުމަތްދެވޭތޯ ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން ޓީއޯއާރު ބްރައުޒާއެއް ތައްޔާރުކޮށް، އެކަމަށް ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މަބްރޫކް ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން މަސައްކަތް ކުރަނީ އިންޓަނެޓްގެ މައްސަލައަށް ހައްލެއް ހޯދުމަށެވެ. 

މަޖިލީހުން ކުރިން ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި ހުންނެވި މަލީހު ވަކިކުރުމާއެކު އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލުކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްއާ އެވެ. 

މަބްރޫކް ވިދާޅުވީ އެ މިނިސްޓްރީއަށް އެހެން ބޭފުޅަކު އައްޔަންކުރުމަށް އަދި ނިންމާފައި ނުވާ ކަމަށެވެ. އެހެންނަމަވެސް އެކަމުގެ މަޝްވަރާތައް ކުރިއަށްދާކަން ފާހަގަކުރެއްވި އެވެ. 

މަލީހް މަގާމުން ވަކި ކުރީ ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދާފައި ނުވާތީ އެވެ. އެކަމަކު އޭނާ މަގާމުން ވަކިކުރުމުގެ ކުރިން ވަނީ އިންޓަނެޓްގެ އަގު ހެޔޮކުރަން މިނިސްޓްރީން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާއި ރައީސް އޮފީހަށް ފޮނުވާފައި ކަމަށް މަލީހް ވިދާޅުވެ އެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް