ads
ސަލްމާން ހާން
ސަލްމާން ރަށްޓެހިވީ ކިތައް ކުދިންނާ ކަން އެނގޭތަ؟
ސަލްމާނަކީ ބޮލީވުޑްގެ ތަރިންގެ ތެރެއިން އަންހެން ކުދިން ހިތް ކަތިލާފައިވާ ތަރި އެކެވެ. ނަމަވެސް އޭނާގެ ހަޔާތުގެ ރާނީގެ މަގާމުގައި އަދިވެސް އަންހެނަކު ނެތެވެ. މިކަމާ ގުޅިގެން ސަލްމާނަށް ގިނަ ސުވާލުތަކެއް ކޮންމެ ދުވަހަކު ވެސް ކުރިމަތި ވެއެވެ.

ސަލްމާން ލޯބީގެ ގޮތުން ގުޅުނީ ކިތަށް ކުދިންނާތޯ ކުރެވުނު ސުވާލަށް ޖަވާބު ދެމުން އޭނާ ބުނެފައި ވަނީ އޭނާ މިހާތަނަށް ލޯބީގެ ގޮތުން ގުޅިފައިވަނީ 12 ކުދިންނާ ކަމަށެވެ.

ނަމަވެސް ކޮންމެވެސް މައްސަލައެއް ދިމާވުމުގެ ސަބަބުން އެކަކާ އެކުގައިވެސް ސަލްމާނަށް ކައިވެންޏާ ހިސާބަށް ދެވިފައި ނުވާކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެކަމާ އޭނާ ވަރަށް ހިތާމަކުރާ ކަމަށާއި އެކަމަކު ތަގްދީރުގައި ލިޔެވިފައިވާ ގޮތަށް ހުރިހާ ކަމެއްވެސް ވާނޭ ކަމަށް ސަލްމާން ވަނީ ބުނެފަ އެވެ.

ސަލްމާން ބުނެފައިވަނީ އޭނާ އަކީ ލޯބީގައި އެހާ ކާމިޔާބު މީހެއް ނޫން ކަމަށެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ލޯބީގެ ނަސީބު އޭނާގެ އަތުގައި ހިފާނޭ ކަމަށް ސަލްމާން އުންމީދު ކުރާ ކަމަށެވެ.

ސަލްމާން ހާންއަށް މިހާރު 55 އަހަރު ވެފައިވާއިރު އޭނާ ހުސްކޮށް ހުންނާތީ ގިނަބަޔަކު އެކަމުގެ ސިއްރު ދެނެގަންނަން ވަރަށް ބޭނުން ވެއެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް