ads
ބިޕާޝާ އާއި ނިމްޝާ
ނިމްޝާ، ބިޕާޝާ އާއި ވައްތަރީ ކޮންބަޔަކަށް؟
ބިޕާޝާ ބާސޫ އަކީ ބޮލީވުޑުގައި ފާހަގަ ކޮށްލެވޭ ބަތަލާއެކެވެ. ހާއްސަކޮށް އިންޑިއާގެ ސިނަމާތަކުގައި އޭނަ މަޝްހޫރްވެފައިވަނީ "ބްލެކް ބިޔުޓީ"ގެ ނަމުންނެވެ. އެއީ ބިޕާޝާގެ ހަންގަނޑުގައި ހުންނަ އާދަޔާ ހިލާފު ރީތި ކަޅެއްގެ ސަބަބުން ބިޕާޝާ އެންމެ ފުރަތަމަ ފިލްމީ ދާއިރާއަށް ނިކުންއިރު އެންމެ ލޮލުގައި އަޅައިގަންފައިވަނީ އޭނަގެ ހަމުގެ ކުލައިންނެވެ. އެހެންނަމަވެސް އެއާއިއެކު ކުރިމަތިވި ފާޑުކިޔުންތަކަށްފަހު އޭނަގެ ހަންގަނޑުގެ ކުލަ އަލި ކުރި ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ.

ދުނިޔޭގައި ޓްވިންސް ނުވިޔަސް އެއްވައްތަރު މީހުން އަބަދުވެސް އުޅެއެވެ. އެގޮތުން ބިޕާޝާއާއި ވައްތަރު މީހުންގެ ލިސްޓުން ގުނާކަމުގައި ވާނަމަ ރާއްޖޭގެ ޓިކްޓޮކްތަރި އަދި މޮޑެލް ނިމްޝާ ޒާހިރުގެ ނަން ނުގެނެސް ފަރުޖައްސާލެވޭކަށް ނެތެވެ. 

ގިނަ ބަޔަކު ބުނާގޮތުން މި ދެ ތަރިން ގިނަ ގޮތްގޮތުން ވައްތަރު ގޮތެއް ހުރެއެވެ. ބިޕާޝާއާއި ނިމްޝާ އެންމެ ބޮޑަށް ވައްތަރުވަނީ ދެމީހުންގެ ޑިމްޕަލްއިން ކަމަށް ގިނަ ބަޔަކު ދެެކެވެ. އެގޮތުން ދެމީހުންވެސް ހީލާއިރު ކޮލަށް އަންނަ ޑިޕަލްއިން ރީތިކަން އިތުރަށް ފުރިހަމަ ވެގެންދެއެވެ. 

މިގޮތުން ނިމްޝާ ވަރަށްފަހުން އޭނަގެ ސްޓޯރީގައި ހިއްސާކޮށްފައިވާ މި ފޮޓޯއިންވެސް އޭނާ ވަރަށް ބޮޑަށް ބިޕާޝާއާއި ވައްތަރުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 

your imageފޮޓޯ: އިސްޓާ 

ބިޕާޝާއާއި ނިމްޝާގެ ނަމުގެ އެތްގޮތް ކަމަކީވެސް ގިނަ ބަޔަކު ފާހަގަކުރާ ކަމެކެވެ. މީގެ އިތުރުން ނިމްޝާއަކީ ރާއްޖޭގައި ގިނަ ބަޔެއްގެ ޝައުގުވެެރިކަން ހުއްޓޭ މޮޑެލްއަކަށްވާއިރު، އާއްމުންގެ މެދުގައި އެންމެ ބޮޑަށް ނިމްޝާ މަޝްހޫރް ވެފައިވަނީ އޭނާގެ "ބޯލްޑް" ކަމުގެ ސަބަބުންނެވެ.

ބިޕާޝާއަށް ބަަލާއިރު، އިންޑިއާގެ ސިނަމާގައި ބިޕާޝާވެސް މަޝްހޫރްވެފައިވަނީ ބޯލްޑް ތަރިއެއްގެ ގޮޮތުގައެވެ. ކެރިއަރުގެ ފުރަތަމަކޮޅު ބިޕާޝާގެ ފިލްމްތަކަށާއި ހެނދުން އެޅުމުގެ ސްޓައިލަށް ގިނަ ބަޔަކު ފާޑުކީ ނަމަވެސް ބިޕާޝާ އަކީ މިހާރު ޑައިރެކްޓަރުންގެ އެންމެ ޑިމާންޑް ބޮޑު އެއްތަރިއެވެ. އުމުރުން 15 އަހަރުގައި މޮޑެލް ކުރަން ފަށާފައިވާއިރު އޭނާ ފުރަތަމަ ފިލްމަކުން ފެނިފައިވަނީ 2001 ވަނަ އަހަރު ނެރުނު "އަޖްނަބީ" އިންނެވެ. އެފިލްމުން ބިޕާޝާ ގިނަ ބަޔަކަށް އެނގިގެން ދިޔައިރު އޭނާ ވަނީ އޭގެ ފަހުން 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބިޕާޝާ އެންމެ ފަހުން ފެނިގެން ދިޔައީ 'އެލޯން' އިންނެވެ. އެފިލްމުގައި އޭނާ ވަނީ ދެކެރެކްޓަރެއް ކުޅެފައެވެ. އެފިލްމުގައި ލީޑު އެކްޓަރެއްގެ ގޮތުގައި ފެނިގެން ދިޔައީ ބިޕާޝާގެ ފިރިމީހާއެވެ. 

ނިމްޝާއަށްވެސް ގިނަ ފާޑުކިޔުންތަކެއް މިގޮތުން ރައްދުވެއެވެ. އެެހެންނަމަވެސް ނިމްޝާ ފެންނަނީ އެ ފާޑުކިޔުންތަކަށް ނުބަލާ ކުރިއަށްދާ ތަރިއެއްގެ ގޮތުގައެވެ. ފާޑުކިޔުންތަކާއިއެކު މޮޑެލިންގެ ދާއިރާއާއި ކުޑަކޮށް ދުރުގައި އުޅުމަށްފަހު އާ އަހަރަށް މޮޑެލިންގެ ދާއިރާއަށް އެނބުރި އަންނަން ނިންމައި އޭނާގެ ފޭނުންނަށް ވަރުގަދަ ސަޕްރައިޒެއް މިއަހަރު ވަނީ ދީފައެވެ. 

your imageނިމްޝާ އާއި ބިޕާޝާ

މޯލްޑިވިއަންގެ ކެބިން ކްރޫއެެއްގެ ގޮތުގައި ކުރިން މަސައްކަތްކުރި ނިމްޝާ ޒާހިރުގެ ނަން، ދިވެހިންގެ ތެރޭގައި ވައިގައި ހިފީ ޓިކްޓޮކުންނެވެ. މިއަދު އޭނާއަކީ ދިވެހިންގެ މެދުގައި މަގްބޫލު ތަރިއެކެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އެކަނި ވެސް 29،000 އަށް ވުރެ ގިނަ ބަޔަކު ނިމްޝާ ފޮލޯކުރާއިރު، ޓިކްޓޮކްގައި އޭނާގެ 55،900 އަށް ވުރެ ގިނަ ފޮލޯވަރުން އެބަހުއްޓެވެ.

17%
ކަމުގޮސްފި
7%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް