
މޫލީ ޕްލެޓްފޯމް މެދުވެރިކޮށް އެޕަލްގެ އެންމެ ފަހުގެ އެ ޑިވައިސްތަކަށް ރައްކާތެރިކަމާއެކު ބީއެމްއެލް ނުވަތަ އެމްފައިސާ މެދުވެރިކޮށް އޮންލައިން ޕޭމަންޓް ދެއްކޭއިރު، ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ޑެލިވާވެސް ކޮށްދޭނެ ކަމަށް އޫރިދޫއިން ބުނެއެވެ.
މޫލީ ޓީމުން ވިދާޅުވީ އައިޕެޑް ޕްރޯ، މެކްބުކް ޕްރޯ އަދި މެކްބުކް އެއާ ޕްރީ އޯޑާއަށް ނަގާ ފަރާތްތަކަށް އޭޕްރިލް މަހުގެ މެދުތެރޭ ޑިވައިސްތައް ޑެލިވާ ކުރެވިގެންދާނެކަމަށެވެ.
މޫލީ މެދުވެރިކޮށް އެ ތަކެތި ލިބެން ހުންނާނީ އޫރިިދޫ އެޕް އިންނެވެ.
ފޮޓޯ: އޫރިދޫ
ފުޅާވަމުން އަންނަ އީ-ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް ފުރިހަމަ ޑިޖިޓަލް ޝޮޕިން ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ގޮތުން، އޮންލައިން ޕޭމަންޓް، އީޒީ ރިޓާންސް އަދި މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީގެ ހިދުމަތްވެސް މޫލީއިން ފޯރުކޮށްދެއެވެ.
މި ޕްލެޓްފޯމްގެ ހާއްސަ އަނެއްކަމަކީ، ކުދި ވިޔަފާރިތަކާއި އޮންލައިން ރީޓެއިލަރުންނަށް، ފަސޭހަކަމާއި އެކު ކުރިޔަށްވުރެ ގިނަ ކަސްޓަމަރުންނާއި މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެ، ހިލޭ ވެއާހައުސް ހިދުމަތާއި ޑެލިވަރީ ހިދުމަތް ލިބުމެވެ. މި ހިދުމަތްތަކާއެކު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިޔަފާރިތަކުން ޕްރޮޑަކްޓްތައް ފޯރުކޮށްދިނުމުގެ ފުރުސަތުވަނީ ފަހިވެފައެވެ.
ވިޔަފާރި އޮންލައިންކޮށް، އިތުރަށް ފުޅާކޮށް އަދި ގިނަ ކަސްޓަމަރުންނަށް ހިދުމަތްދޭން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް މޫލީއިންވަނީ އެ ފުރުސަތު ހުޅުވާލާފައެވެ. އިތުރު ފަރާތްތަކުން މޫލީ އާއި ގުޅެމުންދާއިރު، މި ޕްލެޓްފޯމް އޮތީ ކުރިޔަށް ވުރެ ގިނަ ކަސްޓަމަރުންނަށް، ކުރިޔަށް ވުރެ ތަފާތު ގިނަ އުފެއްދުންތަކެއް ފޯރުކޮށްދިނުމަށް ތައްޔާރުވެގެން ކަމަށް އޫރިދޫއިން ބުނެއެވެ.