ads
ސަލްމާން މިސްކިތް ނިމުމުން ހުންނާނެ ގޮތުގެ ފޮޓޯއެއް: ފޮޓޯ މަލީހު
ސަމަލްމާން މިސްކިތް ހުރީ ވީރާނާކުރަން ބަހައްޓާފަ: މަލީހު
ސަމަލްމާން މިސްކިތް ހުރީ ވީރާނާކުރަން ބަހައްޓާފައި ކަމަށް ކުރީގެ ސައިންސް އެންޑް ކޮމިއުނިކޭނަސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު މިހެން ވިދާޅުވީ، މިރޯދަ އަށްވެސް ކިންގް ސަލްމާން މިސްކިތް ނުހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު އަލީ ވިދާޅުވުމާ ގުޅިގެންނެވެ. 

"މި ސަރުކާރުގައި ޕްރޮޖެކްޓެއް ނަމަ ކައުންސިލް އިންތިހާބުގެ ކުރިން ރިބަން ކަނޑާލާނެ. ޕީޕީއެމް ސަރުކާރު ޕްރޮޖެކްޓެއް ވީމަ ވީރާނާ ކުރަން ބަހައްޓާފަ،" - މަލީހު

މަލީހުގެ އިތުރުން ވެސް ޝޭހު އަލީ ޒައިދު ވެސް ވަނީ ރޯދަ މަހަށް ސަލްމާން މިސްކިތް ނުހުޅުވޭނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

ސައުދީގެ ހިލޭ އެހީގެ ދަށުން އަޅާފައިވާ ކިންގް ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. 

your imageކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު--

ނަމަވެސް އެކަން ލަސްވެފައިވަނީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ކަމަށް އޭރު ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ކިންގް ސަލްމާން މިސްކިތް ނުރަސްމީކޮށް ހުޅުވަން މަޝްވަރާ ކުރާ ކަމަށް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ޕްލޭނިންގް މިނިސްޓްރީން ވެސް ވަނީ ކިންގް ސަލްމާން މިސްކިތް ހުޅުން ލަސްވެފައި ވަނީ ސައުދީ ވަފުދަށް ރާއްޖެ ނާދެވިގެން ކަމަށް ބުނެފައެވެ.

މިސްކިތުގައި އަރާފޭބުމަށް ލިފުޓު ހަރުކޮށްފައިވާއިރު އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. ލައިބްރަރީއަކާއި ކްލާސްރޫމްތަކުގެ އިތުރުން ސެމިނާ ރޫމްތައް ވެސް މި މިސްކިތުގައި ހުންނާނެއެވެ.

އާޓިފިޝަލް ބީޗްގެ އުތުރަށް އޮންނަ ބިމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކޮށްފައިވާ މި މިސްކިތުގެ އަގު 24.95 މިލިޔަން ޑޮލަރަށް އަރައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް