ads
އީގަލްސް- ތިމްޕޫ މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: ޒުވާން ކުޅުންތެރިންގެ ލަނޑުތަކުން އީގަލްސް އަނެއް ބުރަށް
އޭއެފްސީ ކަޕް ކޮލިފައިންގައި ބުދަ ދުވަހު ހަވީރު ޒުވާން ދެ ކުޅުންތެރިން ޖެހި ލަނޑުތަކާ އެކު ބޫޓާންގެ ތިމްޕޫ ބަލިކޮށް، ކްލަބު އީގަލްސް އަނެއް ބުރަށް ކޮލިފައި ވެއްޖެއެވެ. ތިމްޕޫ ސިޓީއާ އީގަލްސް ކުޅުނު މެޗުން އީގަލްސް މޮޅުވީ ދެ ލަނޑު ސުން ލަނޑުންނެވެ.

މާލޭގައި، މިއަދު ކުޅުނު މެޗު ކާމިޔާބު ކުރުމާ އެކު އަންނަ ހަފުތާގައި އީގަލްސް ދެން ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ލިމިޓެޑާ ދެކޮޅަށެވެ. މިއީ އޭއެފްސީ ކަޕުގައި އީގަލްސްގެ ފުރަތަމަ ތަޖުރިބާކަމަށްވީ ނަމަވެސް ޑާކާ އަބަހާނީއަކީ އޭއެފްސީ ކަޕަށް ފަރިތަ ޓީމެކެވެ. 

އެ މެޗުން މޮޅުވާ ޓީމެއް ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދުމަށް ކުޅެން ޖެހޭނީ އިންޑީޔާގެ ބެންގަލޫރާ، ނޭޕާލުގެ އާމީ ޓީމު އަންނަ ހަފުތާގައި ކުޅޭ މެޗުން މޮޅުވާ ބަޔަކާއެވެ. 

ޑާކާ އަބަހާނީއާ އީގަލްސްގެ މެޗު ޑާކާގައި ކުޅޭއިރު، ބެންގަލޫރާ ނޭޕާލް އާމީ މެޗު އޮންނާނީ އިންޑިޔާގެ ގޯއާގައެވެ.

ބުދަ ދުވަހުގެ މެޗުގައި އީގަލްސްގެ ތާރީޚީ ފުރަތަމަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ރާއިފުއެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ ވަރަށް ކުރީކޮޅުއެވެ.

 އީގަލްސްގެ ދެވަނަ ލަނޑު މެޗު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ޖެހީ ނާއިމް އެވެ.

އީގަލްސް އަތްދަށުގެ މިއަދު މުބާރާތާ އަލްވަދާއުކީ ބޫޓާންގެ ތިމްޕޫ އެފްސީން މީގެ ކުރިން ވެސް ރާއްޖޭގައި ކުޅެފައިވެއެވެ. ދެހާސް ސަތާރަވަނަ އަހަރު ކުޅުނު އެ މެޗުގައި ތިމްޕޫ ސިޓީ ނުކުތީ ކްލަބު ވެލެންސިޔާއާ ދެކޮޅަށެވެ. އެ މެޗުން ތިމްޕޫ ބަލިވީ ތިން ލަނޑު ސުން ލަނޑުންނެވެ. އެހެންކަމުން ތިމްޕޫއަށް އަދި ދިވެހި ޓީމެއް ކޮޅަށް ލަނޑެއް ޖެހޭ ގޮތެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް