ads
ކޮވިޑް-19 ޖެހިފައިވާ މީހަކަށް ވެންޓިލޭޓަރުގަ ފަރުވާ ދެނީ-
ކޮވިޑް-19: 22،000އަށް ވުރެ ގިނަ މީހުން ބަލިން ރަނގަޅު ވެއްޖެ!
ރާއްޖެއިން މިހާތަނަށް ކޮވިޑް ބަލިން ރަނގަޅުވި މީހުންގެ އަދަދު 22،000 އިން މައްޗަށް އަރައިފި އެެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިހާތަނަށް 25،191 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން މިއަދު ރަނގަޅު 116 މީހުންނާއެކު މިހާތަނަށް 22،014 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. 

އަދި ފާއިތުވި 24 ގަޑިއިރުތެރޭ 4،034 ސާމްޕަލެއް ޓެސްޓު ކުރެވުނުއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައިވަނީ، 138 މީހެކެވެ. އެއީ މާލެ ސަރަހައްދުން 84 މީހުންނާއި، އަތޮޅުތެރޭގެ ރަށްތަކުން 44 މީހުންނާއި، ރިސޯޓްތަކުން ހަ މީހުންގެ އިތުރުން ފެލިވަރުން ހަތަރު މީހެކެވެ. 

އެކްޓިވް ކޭސްތަކުގެ އަދަދު 3،101 ގައި އުޅޭއިރު 88 މީހަކަށް އަންނަނީ ހޮސްޕިޓަލް ތަކުގައި ފަރުވާދެމުންނެވެ. 

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 22،000އިން މައްޗަށް އެރިއިރު، މިހާތަނަށް ބަލީގައި މަރުވެފައިވާ މީހުންގެ އަދަދު ވަނީ 67 އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް