މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މިމަހު ފަށަން އޮތް ދަތުރުތައް އަންނަ މަހު ނުވައެއްގައި ފަށާގޮތަށް ނިންމާފައިވާކަމަށެވެ.
މި ނިންމުމަކީ އިންޑިއާގެ މުމްބާއީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވުމާއި ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށް މޫސަ ވިދާޅުވިއެވެ.
މާފަރުން މުމްބާއީ އަށް ޑައިރެކްޓް ފްލައިޓް ފަށަން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ މިދިޔަ މަހުއެވެ. އެގޮތުން އެކަމުގެ ހުރިހާ ތައްޔާރީތަކެއްވުމުގެ ގޮތުން މޯލްޑިވިއަންގެ ޓީމުން ވަނީ އެ ސަރަހައްދުގެ ރިސޯޓުތަކާއި އެތަނާއި ކައިރީ ރަަށްރަށުގެ ގެސްޓްހައުސްތަކުގެ އިތުރުން އިންޑިއާގެ ޓުއާ ގައިޑުންނާއެކު ވެސް މަސައްކަތްކޮށްފައިކަން އެމްޑީ ވިދާޅުވެފައިވެއެވެ.
މާފަރު ހިމެނޭ ސަރަހައްދަކީ ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓުތައް ހުރި ސަރަހައްދެވެ.