އެ ފޯނުގެ 2020 ވަނަ އަހަރުގައި ކޯރުގެ ތެރެއަށް ގެއްލިފައިވާއިރުގައި އެކަމުގެ ރިޕޯޓްވެސް އޭނާ ވަނީ ފުލުހުންނާ ކޮށްފަ އެވެ. އެހެންނަމަވެސް އެމީހުން ފީނާ ބަލާ ހޯދިހޯދުމުން އެ ފޯނު ފެނިފައެއް ނުވެއެވެ.
ފޯނު ދެން ނުފެއްނާނެ ކަމުގެ ހިތާމައިގައި އޭނާ މާޔޫސް ކަމާއެކުގައި އެދުވަހު ގެއަށް އަބުރާ ވަނީ އައިސްފަ އެވެ. ނަމަވެސް މިއަހަރު ތައިވާނުގައި ފެންތައް ހިނދުމުގެ ކާރިސާގައި އޭނާގެ ފޯނުވަނީ ކޯރުގެ ޗަކަގަނޑުގެ ތެރެއިން ފެނިފައެވެ.
އެ ފޯނުގެ ވެރިޔާ ކިޔާދިން ގޮތުގައި އޭނާގެ ފޯނު މިހާރުވެސް ބަރާބަރަށް މަސައްކަތް ކުރާ ކަމަށެވެ. އަދި ކޯރުގެ ތެރޭގައި އެތަށް ދުވަހެއް އޮތް ކަމަކު ފޯނަށް ފެނުގެ އެއް ވެސް އަސަރެއްކޮށްފައި ނުވާ ކަމަށެވެ.