ads
އިންޑިއާގައި މީހަކު ކޮވިޑަށް ޓެސްޓުކުރަނީ:-
އިންޑިއާގެ ހާލަތު ވަރަށް ގޯސް!
ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖޭގައި މަޑުމަޑުން ކޮންޓްރޯލް ކުރެވެމުން ދިޔަ ނަމަވެސް، އަވައްޓެރި އިންޑިއާގައި ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ގިނަ ވެފައެވެ.

އެގޮތުން އިއްޔެވެސް އިންޑިއާއިން ވަނީ ރިކޯޑް އަދަދަކަށް މީހުން ޕޮސިޓިވް ވެފައެވެ. އިއްޔެ 185,248 މީހުން ޕޮސިޓިވް ވެފައިވާއިރު، އިއްޔެ އެކަނިވެސް 1000 އަށް ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. 

މިއާއެކު މިހާރު އިންޑިއާގައި ކޮވިޑް-19 އަށް ޕޮސިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 13.8 މިލިއަނަށްވުރެ މަތީގައެވެ. 

އިންޑިއާގައި މި ބަލި ޖެހުން ކޮންޓްރޯލް ކުރެވިފައި ނުވާއިރު، މިބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ ދުވަހެއް ދުވަހަކަށްވުރެ ގިނަ ވަމުންނެވެ. އެގޮތުން އިއްޔެ އެކަނިވެސް 1,026  މީހަކު މަރުވެފައި ވާއިރު، މިބަލީގައި އިންޑިއާއިން މަރުވި މީހުންގެ އަދަދު ވަނީ 172,115 އަށް އަރާފައެވެ. 

މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ މި ބަލިމަޑު ކަމުގެ އެންމެ ސީރިއަސް ހާލަތުގައި މިހާރު އޮތީ އިންޑިއާއެވެ. އިންޑިއާ އަކީ މިހާތަނަށް ކޮވިޑް-19 ދެވަނައަށް އެންމެ ގިނަ މީހުން ޕޮސިޓިވްވި ގައުމެވެ. އަދި ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވެފައި ވަނީވެސް އިންޑިއާ އިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް