ads
ހީނާ ހާން
ހީނާ އަނެއްކާވެސް ރޯދަމަހާއި ދިމާކޮށް އިސްލާހު ވެއްޖެ
ރޯދަމަހުގެ ދެވަނަ ދުަވަސް ގުނަމުންދާއިރު ބޮލީވުޑް މަޝްހޫރް ތަރިންވެސް ދަނީ ރޯދައިގެ ތަހުނިޔާ އެކިގޮތްގޮތުން ކިޔަމުންނެވެ. އެގޮތުން މަޝްހޫރު ތަރި ހީނާ ހާންވެސް މިވަނީ އޭނާގެ ފޭނުންނަށް ރޯދައިގެ ތަހުނިޔާ ކިޔާފައެވެ
Advertisement

އާއްުމުކޮށް ނިވާކަން ކުޑަ ހެދުންތަކުގައި ފެންނަ ހީނާ ފޭނުންނަށް ރޯދައިގެ ތަހުނިޔާ ކިޔާފައިވަނީ ޕާކިސްތާންގެ ނިވާކަން ބޮޑު ސާރީ ހެދުމެއްގައެެވެ. އަދި އޭނާ ވަނީ ކަދުރުތަކެއް ހިފައިގެން ހުރި ފޮޓޯއަކާއިއެކު މި ރޯދަމަހުގެ ތަހުނިޔާ ކިޔާފައެވެ. 

ހީނާ ބުނީ ރޯދަމަހުގެ ހެޔޮ ދަރުމައާއި ސަވާބު ހޯދުމަށް އެންމެންވެސް މަސައްކަތް ކުރަންވާނެ ކަމަށެވެ. މިދިޔަ ރޯދަމަހާއި ދިމާކޮށްވެސް އޭނާވަނީ ބުރުގާ އަޅާފައެވެ. އެހެންނަމަވެސް އެއީ ރޯދަމަހަށް އެކަނި ކުރާ ކަމެއްގެ ގޮތުގައި އެމީހުން ކުރާކަމެކެެއެވެ. އޭގެ ފަހުން އަނެއްކާވެސް ފެންނަނީ ކުރު ހެނދުންތަކުގައި މޮޑެލް ކުރާތަނެވެ. 

your imageހީނާ ހާން ކުރިން ބުރުގާ އެޅާފަ

މަޝްހޫރު ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ”އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަދި ބިގްބޮސް ވިނާ ހީނާ ހާން މިފަހުން ވަނީ ރާއްޖޭގައި ޗުއްޓީވެެސް ހޭދަކޮށްފައެވެ. ކޮންމެ ފަހަަރަކުވެސް ރާއްޖެ އައުމަށް ފަހު ހީނާ ފެންނަނީ ފޮޓޯ ނެގުމުގައި އުޅޭތަނެވެ. ރާއްޖެއަށް ކުރާ ދަތުރުތަކުގައި ރާއްޖޭގެ ހިތްގައިމު މާހައުލުން އޭނާ ނަގާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކޮށްލާއިރަށް އެތައް ބައެއްގެ ސަމާލުކަން އެ ޕޯސްޓްތަކަށް ލިބެއެވެ. 

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.  

21%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
46%
ވަރަށް ސަލާމް
ކޮމެންޓްސް