އެމްޑީޕީ ސެކެރިޓޭރިއަޓުން މިއަދު އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ ރީނދޫ ކުލަ ލާފަައި ތިބި ބަޔަކު ފިޔާތޮށިކުލަ ލާފައި ހުރި ރުކެއް ކަނޑާލާ މަންޒަރެވެ.
މިވީޑިއޯއާއެކު އެ ޕާޓީން ބުނެފައިވަނީ އެފަދަ އަމަލު ހިންގަން އެ ޕާޓީން ހިތްވަރުނުދޭ ކަމަށެވެ.
އެ ޕާޓީގެ ސަޕޯޓަރެއް ބެސް އަދި މެންބަރެއް ވެސް އެފަދަ އަމަލުތައް ނުހިންގުމަށް ވަނީ އެދިފައެވެ.
އެއީ ކޮންރަށެއްގައި ހިނގި ކަމެއްކަން ހާމަކޮށްފައެއް ނުވެއެވެ.