ads
ފޮޓޯ:ސަން
މިހާރު ޖީބީއެއް 5 ރުފިޔާ ބަޔަށް ލިބޭނެ: އަލީ ސޯލިހް
އިންޓަނެޓުގެ އަގުތައްވަނީ އަތްފޯރާ ފަށަށް ތިރި ކުރެވިފަވާކަމަށާއި އެގޮތުން މިހާރު ޖީބީއެއް ފަސް ރުފިޔާ ބަޔަށް ލިބޭނެ ކަމަށް ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވެއްޖެ އެެވެ.

ރާއްޖެޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ވަނީ އިންޓަނެޓްގެ އަގު ރައްޔިތުންގެ އަތްފޯރާ ހިސާބަށް ތިރިކުރެވި އިންޓަނެޓު އަގުހެޔޮކުރުމަށް ސަރުކާރުންވީ ވައުދުވެސް ފުއްދިފައިވާ ކަަމަށް ވިދާޅުވެފައެވެ. 

އެހެން ވިދާޅުވާ ސަބަބެއް ސާފުކޮށްދެއްވަމުން އަލީ ސޯލިހް ވިދާޅުވީ، މި ރޯދަމަސް ފެށުމުގެ ކުރިންވެސް މިހާތަނަށް ޖީބީއެއް ލިބެންހުރީ 33 ރުފިޔާއަށް ކަމަށާއި މިހާރު އެއަގު ބޮޑުތަނުން ދަށްކުރެވިފައިވާ ކަަމަށެވެ. އެގޮތުން ކުރިން 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ނަމަވެސް މިހާރު 1000 ރުފިޔާއަށް 180 ޖީބީ ލިބޭކަމަށް އަލީ ސޯލިހް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް 1000 ރުފިޔާއަށް 30 ޖީބީ ލިބެމުންދިޔަ ބަޔަކަށް މިހާރު އެބަލިބެޔޭ 1000 ރުފިޔާއަށް 180 ޖީބީ މާނައަކީ ފަސް ރުފިޔާ ބަޔަށް. އަޅުގަނޑުމެން އަޅާ ކިޔާ ގައުމުތަކާއި އަޅާ ކިޔާއިރުވެސް އަޅުގަނޑުމެންނަށް މިއޮތީ ކުރިއެރުން ހޯދިފަ" އަލީ ސޯލިހް ވިދާޅުވިއެވެ.

މީގެ އިތުރުން އަލީ ސޯ؛ލިހް ވަނީ ކޮވިޑް-19ގެ މި ހާލަތުގައިވެސް ސަބްމެރިން ކޭބަލް ގެނެވުނު ހަމައެކަނި ތަނަކީ މުޅި ދުނިޔެއިންވެސް ރާއްޖެކަމަށެވެ. ސަބްމެރިން ކޭބަލެއް ކޮލޮމްބޯއިން ދިރާގާއި އޫރިދޫ ގުޅިގެން ރާއްޖެއަށް ކޮވިޑްގެ މިހާލަތުގައިވެސް ގެނެސްފައިވާނެ ކަމަށާއި އިންޓަނެޓް އަގުތައް ހެޔޮވުމާއި މިކަންކަމުގެ ނަތީޖާއަކީ އެ ސަބްމެރިން ކޭބަލް ކަމަށް އަލި ސޯލިހް ވިދާޅުވިއެވެ.  

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް