ހޮސްޕިޓަލުން ސީއެންއެމްއަށް ބުނީ އެރަށުން މިހާތަނަށް ޕޮޒިޓިވްވި 65 މީހުންގެ ތެރެއިން ހަތް ހައިރިސްކު މީހުން ހިމެނޭ ކަމަށެވެ.
އެރަށުން މިހާތަނަށް 705 ސާމްޕަލެއްނަގާފައ ވާއިރުގައި އެއީ ޑައިރެކްޓް އަދި ރެންޑަމް ސާމްޕަލްތައް އެއްކޮށްލައިގެން ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
މޮނިޓަރިންގެ ހާލަތުގައި 26 ގެއެއް ވާއިރުގައި އެ ގެތަކުގައި ގިނަ ބަޔަކު ތިބީ ކަރަންޓީނުގައި ކަމަށް ވެސް ހޮސްފިޓަލުން މައުލޫމާތު ދިނެވެ.
އަދި މިހާތަނަ ޑައިރެކް ކޮންޑެކްޓުންގެ ގޮތުގައި ގިނަ ބަޔަކު ވަނީ ދެނެގަނެވިފައި ކަމަށް ވެސް މާމިނގިލި ހޮސްޕިޓަލުން ބުންޏެވެ.
މިމަހުގެ ހަތަރުވަނަ ދުވަހުގައި އދ. މާމިނގިލި މޮނީޓަރިންގެ ހާލަތަށް ލާފައި ވަނީ އެރަށުގެ އުރީދޫ ލޯންޗުގެ ކެޕްޓަން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.