ads
ޝިލްޕާ
ސަރޮގެސީ މެދުވެރިކޮށް ޝިލްޕާއަށް ލިބުނު ދަރިފުޅު ދެކުނިންތަ؟
ބޮލީވުޑުގެ މަޝްހޫރު ތަރި، ޝިލްޕާ ޝެޓީއަށް އަންހެން ދަރިޔަކު ލިބިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ. ސަމީޝާ ޝެޓީ ކުންޑްރާގެ ނަމުން ނަންދީފައިވާ އެ ކުއްޖާ ހޯދާފައިވަނީ ސަރޮގެސީ މެދުވެރިކޮށެވެ.
Advertisement

މިފަހުން ޝިލްޕާ ވަނީ ދަރިފުޅު ސަމީޝާ އާއި އެކު ނަގާފައިވާ ލޯބި ފޮޓޯތަކެއް ހިއްސާކޮށްފައެވެ. މި ޕޮޓޯތައް ހިއްސާކުރުމާއިއެކު ގިނަ ބަޔަކު ދަނީ އެ ކުއްޖާ ޝިލްޕާއާއި ވައްތަރުކަމަށްވެސް ބުނަމުންނެވެ.

your imageޝިލްޕާ ދަރިފުޅު ސަމީޝާ އާއިއެކު

2009 ވަނަ އަހަރު، ޝިލްޕާ އާއި ވިޔަފާރިވެރިޔާ ރާޖު ކުންޑްރާ ކައިވެނިކުރިއިރު އެމީހުންގެ ކައިވެންޏަށް ވަނީ 2012 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބިފަ އެވެ.

ސަރޮގެސީ މެދުވެރިކޮށް ދަރިއަކު ހޯދުމުން އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުން، އެކުއްޖާ އެގޮތަށް ހޯދީ، ދަރިއަކު ހޯދަން ފަސް އަހަރު މަސައްކަތްކޮށްގެން ވެސް ނުލިބުމުން ކަމަށް ޝިލްޕާ ބުނެފައިވެއެވެ. 

އުމުރުން 45 އަހަރުގައި މަންމައަކަށް ވުމާއި ބެހޭގޮތުން ވާހަކަދައްކަމުން ޝިލްޕާ މީގެ ކުރިން "ޓޯކް ޝޯ" އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެންމެ ފުރަތަމަ އޭނަގެ ފުރަތަމަ ދަރިފުޅު ވިއާން ލިބުނުއިރު ވަރަށް އުނދަގޫވިކަމަށެވެ. އަދި އެއީ އެންމެ ފުރަތަމަ ފަހަރަށް މަންމައަކަށް ވުމުން ވީގޮތެއްކަމަށް އޭނާ ބުނެފައިވެއެވެ. 

އެހެންނަމަވެސް މިހާރު އުމުރުން 45 އަހަރު ފުރިފައިވާ ކަމަށާއި އިތުރު ދަރިއަކުވެސް ލިބުމުން ވަރަށް އުފާވާ ކަމަށް އޭނަ ބުނެފައިވެއެވެ. އަދި އޭނަގެ އުމުރުން 50 އަހަރު ވާއިރު އެ ދަރިފުޅަށް ވާނީ ފަސް އަހަރު ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. 

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑަށް ތައާރަފުވި ޝިލްޕާ އެންމެ ފަހުން ފެނިގެން ދިޔައީ 2007 ވަނަ އަހަރު ނެރުނު ފިލްމު، "އަޕްނޭ" އިންނެވެ. ފިލްމީ ދާއިރާއާ 12 އަހަރު ދުރުގައި އުޅުމަށް ފަހު ޝިލްޕާ މި ވަނީ، އެނބުރި ފިލްމި ދާއިރާއަށް އައުމަށް ތައްޔާރުވެފަ އެވެ.

ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް އުމުރުން 44 އަހަރުގެ ޝިލްޕާ، އޭނާގެ ސަޕޯޓަރުންނާ ދުރަކަށް ނުދެ އެވެ. އެގޮތުން އިންސްޓަގްރާމު މެދުވެރިކޮށް އޭނާ ދިޔައީ އުޅޭ ނޫޅޭ ގޮތް ސަޕޯޓަރުންނަށް އަންގަމުންނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަފާތު ޑާންސް ރިއަލިޓީ ޝޯތަކުގައި ޖަޖެއްގެ ގޮތުގައި ޝިލްޕާ ފެނިގެން ދިޔަ އެވެ.

ޝިލްޕާ ކުޅެފައި ހުރި ބައެއް ފިލްމުތަކުގެ ތެރޭގައި "ބާޒިގަރް" އާއި "ދަޅްކަން" އާއި "ރިޝްތޭ" އާއި "ހިންމަތު" އާއި "އާގް" އާއި "ޕަރްދޭސީ ބާބޫ" އާއި "ލާލް ބާދްޝާހް" އަދި "ފަރޭބް" ހިމެނެ އެވެ.

 

80%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް