"ފިކުރީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލުތަކުގެ އިސްވެރިންގެ ދައުރު" ގެ ނަމުގައި ހިންގާ ސިލްސިލާ ޕްރޮގްރާމުގެ ޏ. ފުވައްމުލަކުގެ ހަތަރު ސްކޫލެއްގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް ހިންގައިފި އެވެ.

Advertisement
"ފިކުރީ ހައްދު ފަހަނަ އެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލުތަކުގެ އިސްވެރިންގެ ދައުރު"ގެ ނަމުގައި ހިންގާ ސިލްސިލާ ޕްރޮގްރާމް، ޏ. ފުވައްމުލަކުގެ ހަތަރު ސްކޫލެއްގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް ހިންގައިފި އެވެ.
މިމަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރެވެ. މިބައްދަލުވުން ޝަރަފުވެރިކޮށްެދެއްވާ އާތިޔާ ވިދާޅުވީ ފިކުރީ ހައްދު ފަހަނައެޅުމާ ދެކޮޅަށް ކުރާ މަސައްކަތުގައި ޓީޗަރުންގެ ދައުރު ބޮޑު ކަމަށެވެ.
މީގެއިތުރުން ސްކޫލުގެ ދަރިވަރުންގެ މެދުގައި ރާއްޖޭގައި ފިކުރީ ހައްދުފަހަނަ އަޅައި ދިއުން އޮތް މިންވަރަށް ހޭލުންތެރިކަން އިތުކުރުމަށްޓަކައި ރަނގަޅު މަގު ދައްކައިދިނުމަކީ ތައުލީމީ ދާއިރާގައި ކިޔަވައިދޭ ފަރާތްތަކުގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މިމަސައްކަތު ބައްދަލުވުމަކީ ނެޝަނަލް ކައުންޓާ ޓެރަރިޒަމާއި އެޑިޔުކޭޝަން މިނިސްޓްރީއާއި ފުލުހުންނާއި އެމްއެންޑީއެފް އަދި ޔޫއެންޑީޕީ މޯލްޑިވްސްގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދާ ބައްދަލުވުމެކެވެ.
ޖަޕާން ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މިޕްރޮގްރާމުގައި ސެޝަންތައް ނަންގަވައިދެއްވަނީ އެންސީޓީސީ އާއި ފުލުހުންގެ އިތުރުން އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ އެވެ.
ފުވައްމުލަކުގައި ކުރިއަށް ގެންދިޔަ މިޕްރޮގްރާމުގައި ހަތަރު ސްކޫލުން 28 ބޭފުޅަކު ބައިވެރިވެވަޑައިގަތެވެ.
ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި މި ޕްރޮގްރާމު ވަނީ މާލޭ ސަރަހައްދުގެ ސްކޫލުތަކާއި އައްޑޫ ސިޓީގެ އިތުރުން ގދ. އަތޮޅުގެ ސްކޫލުތަކާއި ބ. އަތޮޅުގެ ސްކޫލުތަކަށް އަމާޒުކޮށް ކުރިއަށް ގެންގޮސްފަ އެވެ.