ads
ކިޓްކެޓް ކޯލްޑް ކޮފީ
ސީއެންއެމް ބަދިގެ: ކިޓްކެޓް ކޯލްޑް ކޮފީ
ސީއެންއެމް ބަދިގޭގައި މިއަދު ބުއިމަކަށް މި ހުށަހަޅާލަނީ "ކިޓްކެޓް ކޯލްޑް ކޮފީ" އެވެ.

ކޮފީއަކީ ވަރަށް ގިނަ ބަޔަކު ބޭނުންކުރާނެ އެެއްޗެކެވެ. އެހެންނަމަވެސް މިފަދަ ރޯދަ މަހެއްގައި ފިނި ކޮފީއެއް ސުފުރާ މައްޗަށް އިތުރުކޮށްނުލާ ދޫކޮށް ނުލާށެެވެ. 

މިއަދު ސީއެންއެމް ބަދީގޭގައި ކިޔާދޭން މިއުޅޭ ކޮފީއަކީ ވަރަށް ތަފާތު ކޮފީއެކެވެ. ކިޓްކެޓަކީވެސް ވަރަށް ގިނަ މީިހުންނަށް މީރު އެއްޗަކަށްވުމުން މި ދެ “ފޭވަރިޓް” އެއްކޮށްލާގެން ބުއިމެއް ތައްޔާރު ކުރާނެގޮތް ކިޔާލަދޭނަމެވެ.

ބޭނުންވާނެ ތަކެތި:

  • 2 ސައިސަމުސާ ކޮފީ ޕައުޑާ
  • 2 ސަައިސަމުސާ ހަކުރު
  • އެއް ޖޯޑު ފިނި ކިރު
  • އައިސް ކިއުބްސް

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ކުޑަ ޖޯޑަކަށް ދެ ސައިސަމުސާ ކޮފީ ޕައުޑާ، ދެ ސަައިސަމުސާ ހަކުރު އަދި ފެން އަޅާލުމަށް ފަހު ހުރިހާ އެއްޗެއް ރަނގަޅަށް އެއްކޮށްލާށެވެ. 

ދެން މިކްސަރަށް ހަތަރު ވަރަކަށް އައިސް ކިއުބްސް އާއި އެއް ޖޯޑު ފިނި ކިރު އަދި ކިޓްކެޓުގެ ތިން ޗޮކްލެޓްކޮޅު ލުމަށް ފަހު ކުރިންތައްޔާރު ކުރި ކޮފީ މިކްސްވެސް އަޅާލުމަށްފަހު އެެެެއްކޮށް ގިރާލާށެވެ. 

ދެން ބިއްލޫރި ތައްޓެއް ޗޮކްލެޓް ސިރަޕުން ގާނިޝް ކޮށްލުމަށްފަހު މި މިކްސާ އަޅާލާށެވެ. އެއަށް ފަހު ކިޓްކިޓް މަތީގައި އަތުރާލުމަށް ފަހު ސާވްކޮށްލުމުން މިހާރު ތިހުރީ ކިޓްކެޓް ކޯލްޑް ކޮފީ ތައްޔާރުކޮށްލެވިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް