ads
ރީގެ ޕީޖީ މުހުތާޒް މުހުސިންގެ ކޮށްކޮ ސަލްމާ ނަސީރު ---
ސަލްމާގެ މަރުގެ މައްސަލާގައި ބަދަލު ހޯދަން ދައުވާ ކުރަނީ
މިދިޔަ ފެބްރުއަރީ މަހު، ވިހެއުމުގެ ތެރޭގައި ދިމާވި މައްސަލައަކާއި ގުޅިގެން މަރުވި ސަލްމާ ނަސީރުގެ މަރުގެ މައްސަލައިގައި އިހުމާލުވި މީހުނަށް ދައުވާ ކުރާނެ ކަމަށް ސަލްމާގެ އާއިލާއިން އެކަންހަވާލު ކުރި ލޯ ފާމުންބުނެފިއެވެ.

ސަލްމާގެ މަރުގެ މައްސަލައިގައި ދައުވާ ކުރުމަށް ސަލްމާގެ އާއިލާގެ ފަރާތުން އެދިފައިވަނީ އެޑްވޮކަސީ ޗެމްބާ ލޯފާމްގައެވެ.

މި މައްސަލައާއި ގުޅިގެން އެ ލޯ ފާމުން ވަނީ ބަޔާނެއް ނެރެފައެެވެ. އެގޮތުން އެޑްވޮކަސީ ޗެމްބާ އިން ނެރުނު ބަޔާނުގައި ވަނީ، ސަލްމާގެ މަރުގެ ހާދިސާ ހިނގައިދިޔުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ބަލާ، އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމަށް ސަލްމާގެ އާއިލާއިން އެލޯ ފާމްއާއި މައްސަލަ ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މިއަހަރު ފެބްރުއަރީ ތިނެއްގައި ހިނގި މި ހާދިސާ ބަލައިދިނުމަށް ސަލްމާގެ އާއިލާގެ ފަރާތުން ހެލްތު މިނިސްޓްރީގައި އެދުނު ކަމަށާއި، އެ މިނިސްޓްރީން އެކަން ހިނގިގޮތް ބެލި ކަމަށް މި ބަޔާނުގައި ވެއެވެ.

ހެލްތު މިނިސްޓްރީން މި މައްސަލަ ތަހުގީގުކޮށް، ބުނެފައިވަނީ، އެ މިނިސްޓްރީން ބެލިބެލުމުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި، ސަލްމާއަށް ފަރުވާ ދިނުމުގައި އަދި އޭނާއަށް ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައިވެސް ހޮސްޕިޓަލުގެ ފަރާތުން ވާންޖެހޭ ތައްޔާރީތައް ފުރިހަމަކޮށްފައި ނުވާކަން އެ މިނިސްޓްރީއަށް ފާހަގަ ވިކަމަށެވެ.

މީގެ އިތުރުން ބަލިމީހާގެ ގަޔަށް ވަގުތުން ލޭ އެޅޭނެ އިންތިޒާމް ހަމަޖައްސާފައި ނުވާކަން މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ. އަދި ބަލިމީހާގެ ހަށިގަނޑުން ލޭ ފޭބި މިންވަރު ރަނގަޅަށް އަންދާޒާކުރެވިފައި ނުވާކަމާއި، އެކަށީގެންވާ ފަރުވާ ދިނުމުގައި ލަސްތަކެއް ވެފައިވާކަން މިނިސްޓްރީއަށް ފާހަގަ ވެފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކަންމިހެން ހުރުމާއެކު ސަލްމާ މަރުގެ ހާދިސާއާއި ގުޅިގެން އެއްވެސް މީހަކު އިހުމާލު ވެފައިވޭތޯ ބަލާ، އެއްވެސް މީހަކު އިހުމާލު ވެފައިވާނަމަ އެ މީހަކު ޒިންމާކުރުވުމުގެ ގޮތުން ޖިނާއީ އަދި މަދަނީ ގާނޫނީ ނިޒާމުގެ ތެރެއިން ލިބެން ހުރި ހައްލުތައް ހޯދާ، އެމީހަކަށް ފިޔަވަޅު އަޅަންޖެހޭ ނަމަ އެމީހަކަށް ފިޔަވަޅު އެޅުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ނިންމާފައިވާ ކަމަށް އެޑްވޮކަސީ ޗެމްބާގެ ބަޔާނުގައިވެއެވެ.

މިގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ސިއްހީ ފަރުވާ ދޭ ހިދުމަތްތެރިން އަދި ފަރުވާދޭ ތަންތަނުގެ އިހުމާލުން ބަލިމީހުންނަށް ލިބޭ ގެއްލުންތައް މަދުކުރުމުގެ ގޮތުން އެފަރާތްތަކާއި އެތަންތަން ޒިންމާކުރުވުމުގެ ގޮތުން ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުގައި ސަލްމާގެ އާއިލާ އަދި އެޑްވޮކަސީ ޗެމްބާ އިން ދެކޭ ކަމަށް މި ބަޔާނުގައިވެއެވެ.

އުމުރުން 25 އަހަރުގެ ސަލްމާ ވިހެއުމުގެ ތެރޭ މަރުވެފައިވަނީ، މިއަހަރުގެ ފެބްރުއަރީ މަހު ތިނެއްގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް