އެނާގެ ބައްޕަ މަރުވެފައިވަނީ މިއަދުގެ ވަގުތެއްގައެވެެ. ބޮލީވުޑް ހަބަރުތައް ބުނާގޮތުން ހީނާގެ ބައްޕަ މަރުވީ މިއަދުގެ ވަގުތެއްގައި ގޭގައި އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެންނެވެ.
ހީނާ ފާހަގަކުރެވެނީ އޭނާގެ ބައްޕަ އާއި ވަރަށް ގާތްގުޅުމެއް އަބަދުވެސް ބާއްވާ ތަރިއެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ ޕޯސްޓުތަކުގައި ވަރަށް ގިނައިން ބައްޕައާ އެކު ނަގާފައިވާ ފޮޓޯތައް ހިއްސާކުރެއެވެ.
މަޝްހޫރު ޑްރާމާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ”އިން އާންމުންގެ މަގުބޫލުކަން ހޯދާފައިވާ އަދި ބިގްބޮސް އިން އެއްވަނަ ހޯދި ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.