ads
ހީނާ އާއި އޭނާގެ ބައްޕަ
ހީނާގެ ބައްޕަ މަރުވުމުން، ސޯޝަލް މީޑިއާ އާއި ދުރަށް
ހީނާ ހާން ބެލުންތެރިންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ އަކްޝަރާގެ ނަމުންނެވެ. އެއީ އޭނާ ޔޭރިޝްތާ ކިޔާ ކެހެލާތާހޭގައި ކުޅުނު ރޯލުންނެވެ.

ހީނާ އޭނާގެ ކެރިއާގައި އެތަށް ކާމިޔާބީއެއް ހޯދަމުން އަންނަ އިރު އޭނާ އިންޑިއާއިން ބޭރުގައި ވަރަށް ގިނަ ދުވަސްތައް ހޭދަކުރަން ޖެހެ އެވެ.

އެގޮތުން ހީނާ އިންޑިއާއިން ބޭރުގައި ހުރި ވަގުތެއްގައި އޭނާގެ ބައްޕަ އަސްލަމް ހާން ވަނީ މަރުވެފަ އެވެ. ހީނާ ބައްޕަ މިމަހުގެ 20 ވަނަ ދުވަހުގައި މަރުވެފައި ވާއިރުގައި އޭނާ ވަނީ ވީހާވެސް އަވަހަށް ޖަނާޒާގައި ބައިވެރިވުމަށް އިންޑިއާ އަށް އަނބުރާ ގޮސްފަ އެވެ.

ހީނާ އޭނާގެ ބައްޕަ މަރުވެފައިވާ ކަން ހާމަކޮށްފައި ވަނީ އިންސްޓާގްރާމްގަ އެވެ. ހީނާ ބުނެފައި ވަނީ އޭނާގެ ބައްޕަ މަރުވެފައި ވުމުން އޭނާގެ އާއިލާއެކުގައި ހިތާމަ ފާޅުކުރުމަށް ސޯޝަލް މީޑިއާއިން ދުވަސް ކޮޅަކަށް ދުރަށް ޖެހިލާ ކަމަށެވެ.

your imageހިނާގެ މެސެޖް

އަދި ހިނާ ވަނީ އޭނާގެ ފޭނުން ފޮނުވާ ތައުޒިޔާގެ މެސެޖްތަކަށް ޝުކުރުވެރިވާ ކަމަށް ބުނެފަ އެވެ.  މީގެ އިތުރުން އޭނާގެ އިންސްޓާގްރާމް ދުވަސް ކޮޅަކަށް ބަލަހައްޓާނީ އޭނާގެ ޓީމުން ކަމަށް ވެސް ހީނާ ބުނެފައި ވެއެވެ.

ހީނާ އެންމެ ފަހުން ފެނިގެން ދިޔައީ ކަސޯޓީ ޒިންދަގީކޭގެ ދެވަނަ ބައިން ކޮމޮލިކާގެ ރޯލުންނެވެ. އެކަމަކު ބޮލީވުޑުގައި މަސައްކަތް ކުރަން އެ ޝޯ، އޭނާ ދޫކޮށްލިއިރު އޭނާގެ ފުރަތަމަ ފިލްމު، "ހެކްޑް" މިހާރު ވަނީ ރިލީޒްކޮށްފަ އެވެ.  

0%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް