ads
ދިރާގު
ދިރާގު ޕޭ މިހާރު ފި-އެސް ސިސްޓަމްސްގެ ސޮފްޓްވެއާ ތަކުގައި ބޭނުންކުރެވޭ
މިހާރު ދިރާގު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިރާގު ޕޭ އިން ފި-އެސްގެ ހިދުމަތްތައް ބޭނުންކޮށްގެން ރީޓެއިލް ފިހާރަތަކުގައި ފައިސާ ދެއްކޭނެ ކަމަށް ދިރާގުން ބުނެފި އެވެ.

ދިރާގު ޕޭ އިން ބޭނުން ކުރަން ފަސޭހަ، ޕޮއިންޓު އޮފް ސޭލްސް (ޕީ.އޯ.އެސް) ސިސްޓަމެއް ކަމުގައިވާ ފިއެސް IdzLink އާ އިންޓަގްރޭޓް ކޮށްފިކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނި ގޮތުން، މިހާރު ފަސޭހަކަމާއެކު ދިރާގުގެ ކަސްޓަމަރުންނަށް IdzLink ގެންގުޅޭ ރީޓެއިލް ފިހާރަތަކުގައި ފައިސާ ދައްކާލެވޭނެ އެވެ. 

މީގެ އިތުރުން، އޮންލައިން ކޮށް ވިޔަފާރި ކުރާ ކަސްޓަމަރުންނަށްވެސް މި ޕީ.އޯ.އެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ފައިސާ ދެއްކުމަށް ސޭލް ނިމުމާއެކު، ދިރާގު ޕޭ އިހުތިޔާރު ކުރުމުން، ކަސްޓަމަރުގެ ފޯނަށް އޯޓީޕީ އެއް ލިބޭނެކަމަށާއި އޯޓީޕީ ދިނުމާއެކު ފައިސާ ދެއްކުނީކަމަށް ދިރާގުން ބުނެއެވެ. ހަމައެއާއެކު، ދިރާގު ބިލް އަދި ރީލޯޑް ފަދަ ކަންތައްތައް ކުރުމަށްވެސް ފިހާރަތަކުން ފިއެސްގެ ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުގެ އަމާޒަކީ ދިރާގުޕޭ ވީހާވެސް ގިނަ މިފަދަ ޕްލެޓްފޯމް ތަކުގައި ބޭނުން ކުރެވޭނެ މަގު ފަހި ކުރުން ކަމަށް ދިރާގު ޕްރޮޑަކްޓް މެނޭޖާ، މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝަން ވިދާޅުވިއެވެ. 

"ދިރާގު ޕޭ ފަދަ ޒަމާނީ މޮބައިލް ޕޭގެ ހިދުމަތެއް އަޅުގަނޑުމެންގެ ސިސްޓަމްގައި އިންޓަގްރޭޓް ވެގެން ދިޔުމަކީ ވަރަށް އުފާ ކުރާކަމެއް. މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަދި ދިރާގުޕޭގެ ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. IdzLink އަކީ ފިހާރަތަކާ ކަސްޓަމަރުންނާއި ގުޅުވައިދީ، ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުންކުރެވޭނެ ނިޒާމެއް. ފި -އެސް ގެ ސޮފްޓްވެއަރތައް މެދުވެރިކޮށް ވިޔަފާރިތައް މުޅިން އޮޓޮމޭޓް ކުރެވޭނެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތައް ހުންނަ ވިޔަފާރިތަކަށް ވެސް ހެޑް އޮފީހުން އެ ބްރާންޗްތައް މި ނިޒާމުގެ ތެރެއިން ހިންގޭނެ" ފި-އެސް ސިސްޓަމްސްގެ ސީ.އީ.އޯ އަދި މެނޭޖިން ޑިރެކްޓަރު އިކްރާމް ޙަސަން ވިދާޅުވިއެވެ.

ފިއެސް އާ ބެހޭ އިތުރު މައުލޫމާތު ދެމުން ދިރާގުން ވަނީ، ފިއެސް އަކީ ރާއްޖޭގެ ސޮފްޓުވެއާގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންނި ކަމަށް ބުނެފައެވެ.

މީގެ އިތުރުން މިހާރު ފިއެސްގެ ހިދުމަތްތައް ބޭނުން ކުރާ ރާއްޖޭގެ ބޮޑެތި ވިޔަފާރިތައް ކަމަށްވާ އަގޯރާ، ސިމްޑީ ކޮމްޕެނީ، އެލިއާ އިންވެސްޓްމެންޓް، ނަލަހިޔާ ޓްރޭޑިންގް، ރިލެކްސް މޯލްޑިވްސް، ނޮލެޖް ބުކްޝޮޕް، ޗާންދަލިއާ ބުކްޝޮޕް، ޓެޕް ކޮންސްޓްރަކްޝަން، އެލް މޯބައިލް، ޕޭޖް ހާޑްވެއަ، ވެލިގާ ހާޑްވެއަ، ފިނޯ، ފޯކަސް ކޮމްޕިއުޓާ، ރެފްކޫލް، މުނި އެންޓާޕްރައިސް، ޝީޝާ، ސީލިންކް، ފްރީގާއިސް، އިންނަ މޯލްޑިވްސް އަދި އޭސް ޓްރެވަލް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް