ads
އިބުރާ- ފޮޓޯ: ސީއެންއެމް
މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދޭންޖެހޭނީ 240 މިލިއަނެއްވެސް ނޫން: އިބްރާ
މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދޭންޖެހޭ އަދަދާއިމެދު ދެކެވޭ ވާހަކަތަކަށް އެކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ރައްދުދެއްވައިފި އެވެ.

އިބްރާ މިހެން ވިދާޅުވީ، މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި މިހާރު 15 މިލިއަން ރުފިޔާ ދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުން ދައްކާ ގޮތުގައި ބަދަލެއްގެ ގޮތުގައި އެންމެ ބޮޑުވެގެންވެސް ދޭން ޖެހޭނީ 1.58 މިލިއަން ރުފިޔާކަން ހާމަވެފައިވާ ދަނޑިވަޅެއްގައި އެކަމަށް ރައްދުދެއްވައެވެ. 

އިބްރާ ވިދާޅުވީ، މަންދު ކޮލެޖްއަށް ލިބެންޖެހޭ ބަދަލަކީ 1.5 މިލިއަން އަދި 240 މިލިއަނެއްވެސް ނޫން ކަމަށާއި އެއަށްވުރެ މާ ބޮޑު އަދަދެއް ދެއްވަންޖެހޭ ކަމަށެވެ. އަދި އެ އަދަދު ކޯޓުގައި ސާބިތުކޮށްދިނުމަށް ބޭނުންވާ ހެކި އެކަމުގެ ފަންނީ ހަބީރުން ދަނީ އެކުލަވާލަމުންކަމަށް އިބްރާ ވިދާޅުވިއެވެ. އިބްރާ ވަނީ އެ މަސައްކަތް ނިމުމުން އެކަން އިއުލާންކުރައްވާނެ ކަން ވެސް ފާހަގަކުރައްވާފައެވެ. 

އެމްއީއެސްއާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރި މައްސަލައިގައި މަންދު ކޮލެޖުން 243 މިލިއަން ރުފިޔާގެ ބަދަލަކަށް އެދިފައިވާ ކަމަށް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވެއެވެ.

މި އަދަދުތަކުގެ ތެރޭގައި ކުރިން ސިވިލް ކޯޓުން ކުރެވުނު އަމުރުތަކާ ގުޅިގެން ހޯދައިދެވިފައިވާ ބަދަލުތަކެއް ހުރިކަމަށް އޮޑިޓާ ޖެނެރަލްގެ އެސެސްމެންޓުން ވަނީ އެނގިފައެވެ. 

ބަދަލުގެ ގޮތުގައި 243 މިލިއަން ރުފިޔާ ހޯދުމަށް މަންދު ކޮލެޖުން އެދިފައިވީ ނަމަވެސް އެ އަދަދު ނުދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެއީ މައްސަލައިގަ ވެފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މާލެ ހައި ޕްރައިވެޓުން އެދިފައިވާ އެދުމަށް ސިވިލް ކޯޓުގެ ހުކުމުގެ ދަށުން ބަދަލުގެ ގޮތުގައި މިހާރުވެސް ބައެއް ދެވިފައިވާތީ އެވެ. 

މި އެސެސްމެންޓުގައި ފުރަތަމަ ހުށަހަޅާފައިވާ އަދަދަކީ 1.27 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ. އެއީ އެ އިމާރާތުގެ ތެރޭޜގައިހުރި މުދަލާ އިންވެންޓަރީގެ ގެއްލުމެއްގެ ގޮތުގައި 166،599 ރުފިޔާގެ ބަދަލަކާއި، އަދި ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 1.41 މިލިޔަން ރުފިޔާއެވެ.

އަދި އެންމެ ބޮޑު އަދަދެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލުން ދީފައިވާ އަދަދަކީ 1.58 މިލިޔަން ރުފިޔާއެވެ. އެއީ އެ އިމާރާތުގެ ތެރޭޜގައިހުރި މުދަލާ އިންވެންޓަރީގެ ގެއްލުމެއްގެ ގޮތުގައި 100،580 ރުފިޔާގެ ބަދަލަކާއި، އަދި ކޮލެޖުން އެ އިމާރާތަށް ކޮށްފައިވާ ހަރަދުގެ ބަދަލެއްގެ ގޮތުގައި 1.18 މިލިޔަން ރުފިޔާއެވެ. 

ބަދަލު ދިނުމަށް އޮޑިޓާ ޖެނެރަލުން ދެ އަދަދެއް ނެރެފައިވާއިރު، އެ ބަޔާނުގައި ވާގޮތުން އެ އެއްބަސްވުން އުވާލައިފައިވަނީ އެއްބަސްވުމާ ހިލާފަށް ކަމަށް ކަނޑައެޅިއްޖެ ނަމަ 1.27 މިލިޔަން ރުފިޔާ އާއި 1.58 މިލިޔަން ރުފިޔާއާއި ދެމެދުގެ އަދަދެއްގެ ބަދަލެއް ދިނުމަށް ވަނީ ރިކޮމެންޑު ކޮށްފައެވެ. 

އޮޑިޓާ ޖެނެރަލުން ބަދަލެއްގެ ގޮތުގައި ދިނުމަށް ނިންމާފައިވަނީ އެންމެ ބޮޑުވެގެންވެސް 1.58 މިލިޔަން ރުފިޔާއެވެ. ނަމަވެސް ސަރުކާރުން ބަދަލެއްގެ ގޮތުގައި 15 މިލިޔަން ރުފިޔާ ދޭން ވަނީ ނިންމާފައެވެ. އެހެންކަމަށް ވާނަމަ މިއީ 13.42 މިލިޔަން ރުފިޔާގެ ބޮޑު އަދަދެކެވެ. 

މިކަމާ ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން އަންނައިރު، އެމްޑީޕީގެ ގިނަ މެމްބަރުންތަކެއްވެސް ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް