އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝިލްޕާއާ އަކްޝޭއާ ރަށްޓެހިވީ މޭ ކިލާޅީ ތޫ އަނާރީ ފިލްމުގެ ޝޫޓިންގެ ތެރެއިން ނެވެ. ދެމީހުންގެ އެކުވެރިކަމުގެ ގުޅުން ބަދަހިވެ އެންމެ ފަހަށް ލޯބީގެ ކުލަ ޖެހެމުން ދިޔަ އެވެ.
ޝިލްޕާ އޭނާގެ ފުރިހަމަ ލޯބި އަކްޝޭއަށް ދެމުން ދިޔަ ނަމަވެސް އަކްޝޭ ޓުވިންކަލްއާ ގުޅުމެއް އޮންނަކަމުގެ އަޑުތަށް ގަދަވާން ފެށި އެވެ. ޝިލްޕާގެ ހިތްކުދިކުދި ވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އެއީ އޭރުގައި ޓުވިންކަލަކީ އޭނާގެ ބެސްޓު ފުރެންޑަށްވީމަ އެވެ.
ޝިލްޕާއާ ރަށްޓެހިވެގެން ހުރެ އަކްޝޭ ޓުވިންކާ ކައިވެނި ކުރި އެވެ. އަދި ޝިލްޕާ އެކަމާ ދެރަވަގެން މަރުނުވީ ކިރިޔާ ކަމަށް އޭނާ ބުންޏެވެ.
އަކްޝޭއާ ޝިލްޕާ ވާހަކަދެއްކުން ހުއްޓާލިކަމަށް އޭނާ ބުނެ އެވެ. އަދި އެ ދެމީހުން އެންމެފަހުން އެއް ޕްލެޓްފޯމަކުން ފެނިފައިވަނީ ބިގްބޮސް ޝިލްޕާ ހޯސްޓުކުރި އިރުގަ އެވެ.
ޝިލްޕާ މިހާރު އުޅެނީ އުފާވެރި ޒަވާޖީ ހަޔާތެއްގަ އެވެ. އަދި އޭނާގެ ދެ ކުދިން މިހާރު ހުރެ އެވެ.