މިއަހަރުގެ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ނަޝީދު މިހެން ވިދާޅުވީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެނަށް އަދާ ކުރުމަށްފަހުއެވެ.
އެގޮތުން އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރާނެ ކަމަށާއި، ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށް ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާ ނުލާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ވެރިކަމަށް އައުމުގައި އެމްޑީޕީން ކޮށްފައިވާ ވައުދަކަށް ވާއިރު، ގިނަ ބަޔަކު އަންނަނީ މި ވައުދު ނުފުއްދި ލަސްވަމުން ދާތީ ސަރުކާރަށް އެކި ފަހަރު މަތިން ފާޑުކިއުން އަމާޒު ކޮށްފައެވެ.