ads
އެންވައިރޮމެންޓް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި ހަޔާ އެޑިއުކޭޝަން މިނިސްޓަރު އިބްރާހީމް ހަސަން
ކެބިނެޓް 3 މަގާމަކަށް މާދަމާ ބަދަލު ގެންނަނީ
ބަދަލު ގެންނަނީ ފިޝަރީޒް، އެންވަޔަރަމެންޓް އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް
3 މިނިސްޓްރީއަށް ބަދަލުގެންނަން ވަނީ ނިންމާފައި
ކެބިނެޓްގެ 3 މަގާމަކަށް މާދަމާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަަދު ސޯލިހު ބަދަލު ގެންނަވަން ނިންމަވައިފިއެވެ.
Advertisement

ސީއެންއެމްއަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ކެބިނެޓްގައި ރައީސް ސޯލިހު މާދަމާ ބަދަލު ގެންނަވަން ނިންމަވާފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީއަށެވެ.

މިހާރު ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވީ އެމްއާރްއެމްގެ ސްލޮޓް ގައި ޒަހާ ވަހީދުއެވެ. އަދި ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ މަގާމްގައިވެސް ހުންނެވީ އެމްއާރްއެމްގެ ސްލޮޓްގައި  އިބްރާހިމް ހަސަން (ޗަބީ) އެވެ. އަދި އެންވަޔަރަމެންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓްގައި  ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަވާނެކަން، މިސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުންނަށް ސިޓީއަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަންގަވާފަ އެވެ. ނަމަވެސް އޭގެ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ބުނެފައިވަނީ ބައެއް މިނިސްޓްރީތަކުގެ ހިންގުމަށް މުހިއްމު ބަދަލުތަކެއް ގެންނަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާ ވެސް އަވަހަކަށް ފުއްދައި ރައްޔިތުން ބަލައިގަންނަ ފަދަ މަސައްކަތްތަކަށް ހެދުމަށް ކަމަށެވެ.

ކެބިނެޓަށް ބަދަލު ގެންނަށް އުޅޭކަމަށް އެމްއާރްއެމްއަށް ލިބުނު ސިޓީގައި ނެތް ކަމަށް ވަރަށް އިތުބާރު ހުރި މަސްދަރަކުން ސީއެންއެމް އަށް ވަނީ މައުލޫމާތު ލިބިފައެވެ. 

ސީއެންއެމް އަށް އެނގިފައިވާ ގޮތުގައި އެމްއާރްއެމްއަށް ލިބިފައިވާ ސިޓީގައި އޮތީ ސިޔާސީ މަގާމުތަކަށް ބަދަލު ގެންނަ ވާހަކަ އެވެ.

އެޑިޓަރުގެ ނޯޓު: 

މިލިޔުމަށް ވަނީ ބަދަލުތަކެއް ގެނެވިފައެވެ.

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް