މެރިން އެކްސްޕޯގެ ފަސް ވަނަ މައުރަޒު މި ހަފްތާ ތެރޭގައި ފަށަން އިއުލާން ކޮށްފިއެވެ.

Advertisement
މެރިން އެކްސްޕޯގެ ފަސްވަނަ މައުރަޒު މި ހަފްތާގައި ފެށުމަށް ނިންމައިފި އެވެ.
ރާއްޖޭގެ ލިވަބޯޑް ދާއިރާ އަށް އަމާޒުކޮށްގެން ބާއްވާ މިއެކްސްޕޯ ކުރިއަށް ދާނީ މި މަހުގެ 23 އިން 25ގެ ނިޔަލަށެވެ.
މަސްވެރިންގެ ޕާކުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމައުރަޒުގައި 30 ކުންފުންޏަކުން ބައިވެރިވެ އެވެ.
ޓެކްނޮލޮޖީގެ ތީމަކަށް މިއަހަރުގެ އެކްސްޕޯ ކުރިއަށްދާއިރު މެރިން އެކްސްޕޯ އިންތިޒާމް ކުރާ ބުލަކްއިން ބުނީ އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ އެހީއާއެކު މެރިޓައިމް އޮޕަރޭޝަންތަކަށް ލިބިފައިވާ ކުރިއެރުންތައް ހިއްސާކުރުން ކަމަށެވެ.
ކުރިއެކޭ އެއްގޮތަށް މިއަހަރުވެސް ކުންފުނިތަކުގެ އުޅަނދުތައް ދައްކާލުމަށް ވޯޓާ ޑިސްޕްލޭ އޭރިއާއެއް މަސްވެރިންގެ ޕާކުގައި ހާއްސަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
މައުރަޒުގެ މެއިން ސްޕޮންސަރަކީ ގަލްފް ކްރާފްޓް އެވެ. ކޯ ސްޕޮންސަރަކީ އަލް-ޝާލީ މެރިން އެވެ.
މިއަހަރުގެ މައުރަޒު ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ޓެކްނޮލޮޖީ މިނިސްޓްރީން އެންޑޯޒްކޮށްފަ އެވެ.