މިނިސްޓަރު ފައްޔާޒު ވިދާޅުވީ މިހާރު މީޑިއާގައި އިންޓަނެޓްގެ އަގުތަކާއި ގުޅޭ ގޮތުން ފަތުރަމުންދަނީ ސައްހަ ހަބަރެއް ނޫން ކަމަށެވެ. ނަމަވެސް ޓެކް އިންޑަސްޓްރީއާއި އިންޓަނެޓް ސާވިސް ޕްރޮވައިޑާސް އާއި އެކު ކަމާ ގުޅޭ މަޝްވަރާތައް ކުރާތާ މިހާރު ދެ މަސް ވެއްޖެ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މަޝްވަރާތައް ކުރެވުނު ނަމަވެސް އަދި އެއްވެސް ކޮޅެއްގައިޖެހިފައި ނުވާކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒު ވިދާޅުވީ އަދި އެއްވެސް ކަމެއް ފައިނަލް ނުވި ނަމަވެސް އަވަސް މުސްތަގުބަލެއްގައި ރަނގަޅު ބަދަލެއް ފެންނާނެ ކަމަށެވެ.