ads
ގްރޭޓާ މާލެ ކަނެކްޓިވް ޕްރޮޖެކްޓް
ގްރޭޓާ މާލެ ކަނެކްޓިވް ޕްރޮޖެކްޓަށް ބިޑް ހުށަހެޅުން ބަންދު ކުރަނީ
ގްރޭޓާ މާލެ ކަނެކްޓިވް ޕްރޮޖެކްޓް (ޖީއެމްސީޕީ) މަޝްރޫއަށް ބިޑް ހުށަހެޅުން މިހިނގާ މެއި މަހުގެ ފަހެއްވާ ބުދަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުޅުވާލާފައިވާ މިޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ޕްރީކޮލިފައި ކޮށްފައެވެ. މި ކުންފުނި ތަކަކީ މިފަދަ މަސައްކަތް ތަކުގައި ތަޖުރިބާއާއި މަޝްރޫއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާ ގާބިލިއްޔަތުކަމުގެ އިތުރުން މާލީ ތަނަވަސްކަންވެސް ލިބިފައިވާ ކުންފުނި ތަކެކެވެ. 

ޖީއެމްސީއަކީ މިހާތަނަށް ރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއަށް ވާއިރު، މި މަސައްކަތް ނިމި ގްރޭޓާ މާލެ ކަނެކްޓިވް ބްރިޖް ބޭނުންކުރަން ފެށުމުން މާލެއާ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅައިދޭ މި ބްރިޖް، ރާއްޖޭގެ އިގްތިސޯދު ކުރިއެރުވުމަށް ބޮޑެތި ފަސޭހަކަމެއް ގެނެސްދޭނެ އެވެ. އަދި ގުޅީފަޅުގެ ބޭނުން އެންމެ އެކަށޭނަ ގޮތުގައި ހިފުމަށް މި ބްރިޖް އަދި ކޯސްވޭއަކީ ވަރަށް މުހިންމު އެއްޗެކެވެ. 

މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ އިނގިރޭސިވިލާތާ ހޮންކޮންގެ ކުންފުންޏެކެވެ. 

ދިވެހި ސަރުކާރުގެ އެދިލެއްވުމުގެ މަތިން މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސާފައިވަނީ އިންޑިއާގެ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަކާއި، 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ. 

ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ނިމޭނެކަމަށް ލަފާ ކުރެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް