ads
ރައީސް ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
ރައީސް ޔާމީން ގެއަށް ބަދަލުކުރީ އާއިލާއިން އެދިގެނެެއް ނޫން: މަބުރޫކް
ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަމަޟާން މަހަށް ގެއަށް ބަދަލު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ހަމައެކަނި އާއިލާއިން އެދިގެނެއްނޫންކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
Advertisement

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެއޮފީހުގެ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކުރެއްވުމަށް އެދި އާއިލާގެ ފަރާތުން ލިޔުމެއްލިބިފައޮތް ނަމަވެސް އެމަނިކުފާނު ގެއަށް ބަދަލުކުރެވުނީ ހަމައެކަނި އާއިލާއިން އެދުނު އެދުމުގެ މައްޗަކަށް ނޫންކަމަށެވެ. 

މި ރަމަޟާން މަހާއި ދިމާކޮށް ޖަލުގައި އެކިއެކި ކުއްކުށުގައި ތިބި ގައިިދީން ގެއަށް ބަދަލުކުރެވުނު ކަމަށެވެ. އަދި ކޮވިޑްގެ ކޭސްތަކެއް ފެންނަން ފެށުމާއިއެކު ރައީސް ޔާމީންގެ އިތުރުން އިތުރު ބަޔަކުވެސް ގެއަށް ބަަދަލުކުރެވުނު ކަމަށެވެ. މަބުރޫކް ވިދާޅުވީ، ރައީސް ޔާމީން ގެއަށް ބަދަލުކުރެވޭ ހާލަތައް އައީ އެފަދަ ބައިވަރު ކަންތައްތަކެއް ވެގެން ކަމަށެެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ، މިނިމުނު އެޕްރީލް މަހުގެ 29ވަނަ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. އަދި އެމަނިކުފާނު ގެއަށް ބަދަލުކޮށްފައިވަނީ އެކަން އެގޮތަށް ކޮށްދެއްވުމަށް އާއިލާގެ ފަރާތުންނާއި އިދިކޮޅުން އެދެމުންތާ އެތައް ދުވަހެއް ފަހުންނެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ، މާފުށީ ޖަލުގައި މިފަހުން ފެންނަމުންދިޔަ ކޮވިޑް-19 ކޭސްތަކާއި ގުޅިގެން އެތަނުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެން ކަމަށް ކަރެކްޝަންސްއިން ބުނެފައިވެއެވެ. 

ރައީސް ޔާމީން ގެއަށް ބަދަލުކުރެވިގެންދިޔައިރު، އެމަނިކުފާނު ގޭ ބަންދުގައި ހުންނަވާނީ ކިހާ މުއްދަތަކަށް ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ސާފުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް އަޑުތައް ފެތުރޭ ގޮތުން ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި ވަނީ ހަތަރު ހަފްތާއަށެެވެ.

ރައީސް ޔާމީން ގެޔަށް ބަދަލުކުރެއްވުމާއި ގުޅިގެން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވެވި މެސެޖެއްގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އެގޮތައް ކުރެއްވުމަށް ރައީސް ސޯލިހުއަށް ލަފާ ދެއްވިކަމަށް ވިދާޅުވެފައެވެ. 

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ކަމަށް ތުހުމަތުކުރާ އެއް މިލިއަން ޑޮލަރު ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގައި އޮންނަ ސޭވިން އެކައުންޓަކަށް ޖަމާކޮށް، މަނީ ލޯންޑާ ކުރުމުގެ ކުށް ސާބިތުވާ ކަމަށް ނިންމައި،ފަސް އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށް އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ 500 އަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު އެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް