ads
އިމްތިޔާޒު ފަހްމީ--
ރައީސްގެ ލީގަލް ކައުންސެލްގެ ވާހަކަތައް ބަލައެއް ނުގަންނަން: ޖުޑީޝަރީ ކޮމިޓީ
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ޖިނާއީ އިޖުރާތުގެ ބިލު ފޮނުވީ ފޮނުވަންޖެހޭ ގޮތައް ނޫން ކަމަށާއި، ރައީސްގެ ލީގަލް ކައުންސިލްގެ ވަހަކަތައް ބަލައިނުގަންނަ ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެއްޖެއެވެ.
Advertisement

މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާތުގެ ބިލް ގާނޫނަކަށްވެފައިނުވުމަކީ އިންސާފު ލިބުމަށް އޮތް ހުރަހެއް ކަަމަށް ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހްމަދު އަބްދުﷲ އަފީފް ވަނީ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ޖުޑީޝަރީ ކޮމިޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަބަދުވެސް ސަރުކާރުން ފޮނުވާ ބިލުތަކަށް އަހަންމިއްޔަތުކަން ދޭކަމަށެވެ. 

އިމްތިޔާޒު ވިދާޅުވީ މަދަނީ އިޖުރާތުގެ ބިލް ސަރުކާރުން މަޖިލީހަށް ފޮނުވާފައިވަނީ ވަކިވަކި ބާބުތަކަށް ކަމަށާއި އެއީ ބިލްތައް މަޖިލީހަށް ފޮނުވަންޖެހޭ ގޮތް ކަމުގައި ގަބޫލު ނުކުރާ ކަމަށެވެ. އޭގެ ސަބަބުން ބިލް ދިރާސާ ކުރުމަށް އުނދަގޫވުމުގެ ސަބަބުން ބިލް އަނބުރާ ފޮނުވާލަން ނިންމި ކަމަަށެވެ.

އަދި މަދަނީ އިޖުރާތުގެ އަސްލު ފުރިހަމަ ބިލު ލިބުނީ އަހަރެއް ފާއިތުވެގެން ދިޔަ ފަހުން ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ. އެގޮތުން ބިލު ލިބުނީ 4 ނޮވެމްބަރު 2020 ގައި ކަަމަށާއި އެއީ މަޖިލީހުން ބަޖެޓުގެ މަސައްކަތް ކުރަމުންދިޔަ ދުވަސްވަރު ކަމަށް ވިދާޅުވިއެވެ.

އިމްތިޔާޒު އިތުރަށް ވިދާޅުވީ ރޭ ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ރައީސްގެ ލީގަލް ކައުންސިލް ދެއްކި ވާހަކަތަކަކީ މަންދު ކޮލެޖުގެ ވެރިޔާއަށް ބަދަލު ހޯދައިދިނުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސިލަކީ މަންދުކޮލެޖް ތަމްސީލްކުރާ ލީގަލް ފާމްގެ މަސްލަހަތު އޮންނަވެސް ބޭފުޅަކަށް ވާތީ އިންޓަގްރިޓީއާ މެދު ސުވާލު އުފެދޭކަން ފާހަގަކުރައްވައި އިމްތިޔާޒު ވިދާޅުވީ ލީގަލް ކައުންސިލްގެ ވާހަކަތައް ބަލައި ނުގަންނަ ކަމަށެވެ.

މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ޖުޑީޝަރީ ކޮމިޓީއިން ބުރަ މަސައްކަތް ކުރާ ކަަމަށާއި، ކޮމިޓީގެ މަސައްކަތް ލަސްވެގެން އިންސާފު ނުލިބި ނޯންނާނެ ކަމަށް، އަދި ކޮމިޓީގެ ބޮލުގައި އެޅުވީ ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށް އިމްތިޔާޒު ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް