ads
އެޑިއުކޭޝަން މިނިސްްޓަރު ޑރ. އައިޝަތު އަލީ--
އޭލެވެލް އިމްތިހާނު ހަދަމުންދާ ދަރިވަރުންނަށް ދެގޮތެއް ހުށަހަޅައިފި
މިހާރު ކުރިއަށްދާ އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކްވެ، އިމްތިހާނަށް އޮތް އިތުބާރު ގެއްލުމުގެ ސަބަބުން، އިމްތިހާން ކެންސަލް ކޮށް ދަރިވަރުންނަށް ދެގޮތެއް އެޑިއުކޭޝަން މިނިސްޓްރީން ހުށައަޅައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ އެޑެކްސެލްއާއި މަޝްވަރާކުރުމަށްފަހު، އެޕްރީލް/މޭ ގެ އޭލެވެލް އެގްޒާމް ސެޝަންގައި ބައިވެރިވާ ދަރިވަރުންނަށް ދެ ގޮތެއް ހުށައެޅުމަށް ނިންމާފައިވާކަމަށެވެ.

އޭގެ ތެރެއިން އެއްގޮތަކީ އެ ދަރިވަރުން ބޭނުންނަމަ މިހާރު ކުރިއަށްދާ އިމްތިހާނުން ވަކިވެ، އޮކްޓޯބަރ/ނޮވެމްބަރު އިމްތިހާނުގައި ބައިވެރިވުމެވެ. އަދި އެފުރުސަތު މިހާރު ދަރިވަރުންނަށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ކުރިއަށްދާ އިމްތިހާނުގެ ޕޭޕަރުތަށް ލީކުވުމުން މި އިމްތިހާނު ސައްހަކަށް މިހާރު ވަނީ ގެއްލިފައި ކަމަށެވެ. އެހެންކަމުން މެއި/ޖޫން ގައި އިމްތިހާނު ނިންމާލަން ބޭނުންވާ ކުދިންނަށް އޮތް ގޮތަކީ ޓީޗާ ބޭސްޑް އެސެސްމެންޓަކުން ގްރޭޑްތައް ކަނޑައެޅުން ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

އޭއެސް/އޭލެވެލް އިމްތިހާނު އޭޕްރީލް މަހުގެ 26 ވަނަ ދުވަހު ފަށާފައި ވާއިރުގައި އެ އިމްތިހާނު ގިނަ ޕޭޕަރުތަކެއް ވަނީ މިހާރު ލީކްވެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް