ޒަހާގެ އިސްތިއުފާއާއި ގުޅިގެން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޒަހާގެ ފަރާތުން އިސްތިއުފާގެ ސިޓީ ފުޅެއް ރައީސް ސާލިހްއަށް ލިބިލެއްވި ކަމަށާއި ރައީސް ވަނީ އެކަމަނާގެ އިސްތިއުފާ ގަބޫލު ކުރައްވާ، އެކަމަނާ ފިޝަރީޒް މިނިސްޓަރު ކަމުގައި ހުރެގެން ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާ ކުރައްވާފައި ކަމަށެވެ.
ޒަހާ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ވަނީ އެމަގާމަށް ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރ، ޑރ. ހުސެއިން ހަމަޖައްސަވާފައެވެ. އަދި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އެއްކޮށްލެވުމަށްފަހު އެ މިނިސްޓްރީއަށް އައިމިނަތު ޝައުނާ ވަނީ ހަމަޖައްސަވާފައެވެ.