މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓްކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ"ގެ ޓްރެއިލާ މިމަހު 22 ގައި ނެރުމަށް ނިންމައިފިއެވެ.

Advertisement
މަޝްހޫރު ޑައިރެކްޓަރު އަނީސް ބަޒްމީ ޑައިރެކްޓު ކުރާ ކޮމެޑީ ފިލްމު "ޕާގަލްޕަންތީ"ގެ ޓްރެއިލާ މިމަހު 22 ގައި ނެރުމަށް ނިންމައިފި އެވެ.
ދާދި ފަހުން ފިލްމުގެ ގިނަ ޕޯސްޓަރުތަކެއް ދައްކާލާފައި ވާއިރު އެ ޕޯސްޓަރުތަކާއެކު ވަނީ ބެލުންތެރިންނަށް ފިލްމުގެ ޓްރެއިލާ ނެރޭ ދުވަސް ވެސް ހާމަކޮށްފަ އެވެ. އެގޮތުން މިމަހުގެ 22 ވަނަ ދުވަހު ފިލްމުގެ ޓްރެއިލާ ނެރުމަށް ނިންމާފައި ވާއިރު ގިނަ ބަޔަކު މިހާރު ތިބީ ޓްރެއިލާ ބެލުމަށް ކެތްމަދުވެފަ އެވެ.
ފިލްމުގައި ފެނިގެންދާ ބައެއް ފަންނާނުންގެ ތެރޭގައި އަނިލް ކަޕޫރާއި އިލިއާނާ ޑި ކުރޫޒް އާއި އަރްޝަދު ވާސީ އާއި ޕުލްކިތު ސަމްރާޓް އާއި އުރްވަޝީ ރައުތޭލާ އާއި ކްރިތީ ހަރްބަންޑާ އަދި ޖޯން އަބްރަހަމް ހިމެނެ އެވެ.
ފިލްމު ނެރުމަށް ނިންމާފައި ވަނީ އަންނަ މަހުގެ 22 ވަނަ ދުވަހު އެވެ. ފިލްމުގެ އުފެއްދުންތެރިން ބުނާ ގޮތުގައި މި ފިލްމަކީ މަޖާ ފިލްމެކެވެ. އަދި ފިލްމު ވަރަށް ތަފާތު ވާނެ ކަމަށް ވެސް ފިލްމުގެ އުފެންދުންތެރިން ވަނީ ބުނެފަ އެވެ.