ލޭޑީ ގާގާ--
ލޭޑީ ގާގާ ސަޕޯޓަރަކާއެކު ސްޓޭޖުން ވެއްޓިއްޖެ
19 އޮކްޓޯބަރ 2019 - 17:08:17
ލަވަކިޔުންތެރިޔާ ލޭޑީ ގާގާގެ ޝޯއެއްގައި ސަޕޯޓަރަކު ސްޓޭޖަށް އެރުމަށް ދައުވަތު ދިނުމަށް ފަހު، ސަޕޯޓަރުގެ ގަޔަށް ފުންމައިގެން އެރުމުގެ ސަބަބުން ލޭޑީ ގާގާއާ ދެމީހުން ސްޓޭޖުން ވެއްޓިއްޖެ އެވެ.

ޖެކް ނަމަކަށް ކިޔާ ސަޕޯޓަރު ސްޓޭޖަށް އެރުމުން ލޭޑީ ގާގާ ވަނީ އޭނާގެ ގައިގައި ބައްދާލުމަށް ފުންމައިގެން ގައި މައްޗަށް އަރާފަ އެވެ. އެއާއެކު އެމީހާ ފައި ފިރޮޅި، ލޭޑީ ގާގާ އާއެކު ސްޓޭޖުން ވެއްޓުނީ އެވެ.
ބައެއް ސަޕޯޓަރުން ބުނީ ގާގާ އަކީ ބަލި މީހެއް ކަމުން އޭނާ މަރުވީ ކަމަށް ހީކޮށް، ބިރު ގަތް ކަމަށެވެ. އެކަމަކު ގާގާ ވަނީ ތެދުވެ ޝޯ ކުރިއަށް ގެންގޮސްފަ އެވެ. އަދި އޭނާ ބުނީ އޭނާ އާއި ޖެކް އަކީ ޓައިޓޭނިކް ފިލްމުގައި އުޅޭ ޖެކް އާއި ރޯޒް ފަދަ ދެ މީހުން ކަމަށް ވުމުން ސްޓޭޖުން ވެއްޓުނީ ކަމަށެވެ.
ގާގާ ދަނީ ފައިބްރޮމަޔަލްޖިއާ ބައްޔަށް ފަރުވާ ކުރަމުންނެވެ. އެއީ މުޅި ހަށިގަނޑަށް ތަދު އިހުސާސް ކުރުވާ ބައްޔެކެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި، މަސްތައް ހަރުވުމާއި، ހަނދާނުގެ މައްސަލަތައް ޖެހުމާއި، ނިދުމުގައި އުނދަގޫތައް ދިމާވުން ފަދަ މައްސަލަ ކުރިމަތިވެ އެވެ.

Lady Gaga and a fan suffered a major fall at #Enigma tonight! 😱 pic.twitter.com/3YplZSUHIG
— The Pop Hub (@ThePopHub) October 18, 2019
ގާގާ ދަނީ ފައިބްރޮމަޔަލްޖިއާ ބައްޔަށް ފަރުވާ ކުރަމުންނެވެ. އެއީ މުޅި ހަށިގަނޑަށް ތަދު އިހުސާސް ކުރުވާ ބައްޔެކެވެ. އޭގެ ސަބަބުން ވަރުބަލިވުމާއި، މަސްތައް ހަރުވުމާއި، ހަނދާނުގެ މައްސަލަތައް ޖެހުމާއި، ނިދުމުގައި އުނދަގޫތައް ދިމާވުން ފަދަ މައްސަލަ ކުރިމަތިވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް