ads
ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ރައީސް ނަޝީދު
ދިވެހި ގައުމުގަވެސް ގޮތަކާ ފޮތަކާ އިއްޒަތެއް އޮންނަންވާނެ: ދިޔާނާ
މަޖިލީހުގެ ރައީސް، ރައީސް ނަޝީދުގެ ބޭސްފަރުވާގެ އިންތިޒާމުތައް ޖަރުމަނު ސަރުކާރުން ހަމަޖެއްސުމުން ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ފާޑުވިދާޅުވެއްޖެ އެވެ.

ދިޔާނާ ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ބޭސްފަރުވާގެ އިންތިޒާމުތައް ޖަރުމަނު ސަރުކާރުން ހަމަޖެއްސުމުން އެކަމަނާ ގަތީކީ އަމަށަކު ލަދެއް ނޫން ކަމަށެވެ. 

އަދި ރައީސް ނަޝީދަށް ހަމަލާދިނީ މިފަސްގަނޑުގައި ކަމަށާ، އެކަމަށް މަގުފަހިވީ ސެކިއުރިޓީ ފެއިލިންގްސް ހުރުމުން ކަމަށެވެ. 

މީގެ އިތުރުން ރައީސް ނަޝީދަކީ ކުރިން ގައުމުގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އެމަނިކުފާނުގެ ބޭސްފަރުވާގެ ކަންތައް ބެލެހެއްޓުމަށްވެސް ދިޔާނާ ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ. 

ހަމައެހެންމެ ދިވެހި ގައުމުގަވެސް ގޮތަކާ ފޮތަކާ އިއްޒަތެއް އޮންނަންވާނެ ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ. 

އެކަމަނާ ކޮށްފައިވާ ޓްވީޓުން ދޭހަވާ ގޮތުގައި ރައީސް ނަޝިދުގެ ބޭސްފަރުވާގެ ހުރިހާ ކަމަކާއި، ހަރަދެއް ބަލަހައްޓަން ޖެހޭނީ ދިވެހި ދައުލަތުންނެވެ. އަދި މިކަންތައް އެހެން ގައުމަކަށް ދޫކޮށްލުން މިއީ ބަލައިގަނެވޭނެ ކަމެއް ނޫނެކެވެ. 

ރައީސް ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އެމަނިކުފާނަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. 

ރައީސް ނަޝީދު ދިރިއުޅުއްވާ ކެނެރީގެ ކައިރީގައި ސައިކަލެއްގައި އައިއީޑީއެއް ގޮއްވާލުމުން އެމަނިކުފާނުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވެ އެވެ. ހަށިގަނޑުގެ މުހިއްމު ގުނަވަންތައް ފޫއަޅުވާލި ރޭޒަ ފުއްތަށް ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އެމަނިކުފާނު ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކުރައްވާފަ އެވެ. 

އެމަނިކުފާނު ޖަރުމަނަށް ވަޑައިގެންނެވީ ލިބިފައިވާ ގެއްލުންތަކަށް އިތުރު ފަރުވާ ހޯދުމަށެވެ. 

70%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
10%
ވަރަށް ސަލާމް
ކޮމެންޓްސް