ads
ނޯރާ ފަތޭހީ
ނޯރާ ހުރީ އާއިލާއެއް ފެށުމަށް ކެތް މަދުވެފަ
މަޝްހޫރު ބޮލީވުޑް އެކްޓަރު ނޯރާ ފަތޭހީ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާގެ އާދަޔާ ހިލާފު ކުޅަދާނަ ނެށުމުންނެވެ. ނޯރާ ވަނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކުރަން ބޭނުންވާ ބައެއް ކަންކަން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ހިއްސާކޮށްފަ އެވެ.
Advertisement

ނޯރާ ބުނީ ނިމިދިޔަ އަހަރު ލޮކްޑައުން ތެރޭ އޭނާއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ އާއިލާ، ސިއްހަތު އަދި ލޯބިވާ މީހުންނަކީ އެންމެނަށް ލިބޭނެ ނިއުމަތެއް ނޫންކަމަށެވެ. 

ނޯރާ ބުނީ އެކަންތައް އޭނާއަށް ކުރިންވެސް އިނގޭ ކަމަށާއި ނަމަވެސް ލޮކްޑައުންތެރޭ އެކަންތައް ބަލައިގަންނަން އޭނާއަށް ވަގުތު ލިބުނު ކަމަށެވެ.

އަދި މިހާރު އޭނާ ހުރީ އާއިލާއެއް ފަށައި “ލޯބި ލޯބި ދަރިން” ހޯދަން ކެތްމަދުވެފަ ކަމަށް ނޯރާ ބުނެއެވެ.

ނޯރާ ބުނީ އޭނާ ކިޔެވީ ސިޔާސީ އަދި އިގްތިސާދީ ދާއިރާއިން ކަމަށެވެ. އެހެން ކަމުން އޭނާގެ “ކްރިޓިކަލް ތިންކިން" ވަރަށް ރަނގަޅު ކަމަށް ނޯރާ ބުނެއެވެ. ނޯރާ ބުނީ އޭނާއަށް ރަނގަޅު ތައުލީމެއް ލިބިފައިވުމުން އެކަމާ އުފާ ކުރާ ކަމަށެވެ. 

ނޯރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާއިން އަޖޭ ދޭވްގަންއާއި އެކުގައެވެ. ސަތިޔަމޭޖަޔަތޭ 2 އިންވެސް ނޯރާގެ ހާއްސަ ފެނިލުމެއް ފެނިގެންދާނެ އެވެ.

27%
ކަމުގޮސްފި
45%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
27%
ވަރަށް ސަލާމް
ކޮމެންޓްސް