ހއ. ތަކަންދޫ، ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށައިފި އެވެ.

Advertisement
ހއ. ތަކަންދޫ، ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ދޭން ފަށައިފި އެވެ.
އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
ހެލްތު މިނިސްޓްރީން ބުނީ އެރަށު ސިއްހީ މަރުކަޒުގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށްޓަކައި ބޭނުންވާ މެޝިންތަކާއި ޓެސްޓުތައް ހެދުމަށް ބޭނުންވާ ސާމާނު ގާއިމުކޮށްފައިވާ ކަމަށެވެ.
އާބާދީގައި 934 މީހުން އުޅެމުން އަންނަ ތަކަންދޫ މީހުން މީގެ ކުރިން ލެބޯޓްރީގެ ހިދުމަތް ހޯދަމުން އައީ ހއ. ދިއްދޫ ނުވަތަ ހދ. ކުޅުދުއްފުށީ ރީނަޖަލް ހޮސްޕިޓަލުންނެވެ.
އެހެންކަމުން، އަމިއްލަ ރަށުން އެ ހިދުމަތް ލިބިގެންދިޔުމަކީ އެރަށުގެ ރައްޔިތުންނަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެ އެވެ.
ތަކަންދޫގެ އިތުރުން ހއ. އަތޮޅުގައި ލެބޯޓްރީގެ ހިދުމަތް މިހާރު ލިބެމުން އަންނަނީ އިހަވަންދޫ އާއި ހޯރަފުށި އަދި ބާރަށާއި ތުރާކުނުގެ އިތުރުން ކެލާ އަދި ފިއްލަދޫ ސިއްހީ މަރުކަޒާއި އުލިގަމު ސިއްހީ މަރުކަޒުންނެވެ.