ads
ޕަރޭޝް ރާވަލް
ޕަރޭޝް މަރުވެއްޖެ ކަމަށް ބުނެ އަޑުފެތުރި މީހާއަށް އޭނާ ރައްދު ދީފި
ބޮލީވުޑްގެ ގިނަ ފިލްމުތަކުގެ ކޮމެޑީ ރޯލްތަކުން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލް ކަމެއް ހޯދި ކުޅަދާނަ އެކްޓަރު ޕަރޭޝް ރާވަލް މަރުވެއްޖެ ކަމަށް ބުނެ އަޑު ފެތުރި މީހަކަށް އޭނާ ރައްދު ދީފިއެވެ.

ޕަރޭޝް ކުރި ޓްވީޓެއްގައި އޭނާ މަރުވެއްޖެ ކަމަށް ހަބަރުފަތުރާ ޕޭޖެއްގެ ސްކްރީންޝޮޓެއް އޭނާ ވަނީ ހިއްސާކޮށްފައެވެ. އެ ސްކްރީންޝޮޓްގައި ލާފްޓާ ހައުސް ކިޔާ ފޭސްބުކް  ޕޭޖެއްގައި އޭނާގެ ފޮޓޯ އާއެކު "މަޝްހޫރު އެކްޓަރު ޕަރޭޝްް ރަވާލް އުމުރުން 65 އަހަރުގައި މަރުވެއްޖެ" ޖަހާފައި އިނެވެ.

އެއަށް މަޒާޖީ ގޮތަކަށް ރައްދުދެމުން ޕަރޭޝް ބުނީ މިއަދު ހެދުނު 7:00  ޖަހަންދެން އޭނާ އޮތީ ނިދާފައި ކަމަށެވެ. އަދި މީހުންނަށް އޭނާ އޮތީ މަރުވެފައި ކަމަށް ހީކުރެވުނީތީ މާފަށް އެދޭ ކަމަށް ޕަރޭޝް ބުނެއެވެ. ޕަރޭޝްގެ ރައްދުދިން ގޮތް ގިނަ ބަޔަކަށް ވަނީ މަޖާކަމަށް ވެފައެވެ.

ނަމަވެސް އޭނާގެ ފޭނުން ވަނީ ދޮގު ހަބަރު ފެތުރު ބަލައި ނުގަނެވޭކަމަށް ބުނެ އެ ޕޭޖު ރިޕޯޓްކޮށްފައެވެ. އަދި އޭނާއަށް ދިގު އުމުރެއް ދެއްވުމަށް އެދި ދުއާ ކުރާ ކަމަށް އޭނާގެ ފޭނުން ބުނެެއެވެ.

ޕަރޭޝް ދެން އެންމެ އަވަހަށް ފެނިގެން ދާާނީ ހަންގާމާ 2 އިންނެވެ. ހަންްގާމާ 2 އިން އޭނާ އެކު ޝިލްޕާ ޝެޓީ އަދި މީޒާން ޖޭފްރީ ފެނިގެންދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް