އެންޑީއެމްއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ފުވައްމަލުގައި ބިންގަނޑު ތިރި ބައެއް ހިސާބުތަކުން އަދި ވެސް މުޅިން އެއްކޮށް ފެންގަނޑު ހިއްކާނުލެވޭ ކަމަށެވެ. އަދި ފެން ހިއްކުމުގެ އޮޕަރޭޝަނަށް އިތުރު 5 ޕަމްޕު އެރަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
ފެންބޮޑުވުމާއި ގުޅިގެން ފުވައްމުލަކުގެ ގިނަ ގޭގެއަށް ވަނީ ގެއްލުން ވެފައެވެ. އެގޮތުން ފެނުގެ އަސަރުކޮށްގެން ގޭގޭގައި ގެންގުޅޭ ގިނަ ސާމާނު ވަނީ ހަލާކުވެފައެވެ.
ދިވެހި މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، ރާއްޖެ ސަރަހައްދުގައި އުފެދުނު ތޫފާން މިހާރު ދަތުރު ކުރަމުންދަނީ ރާއްޖޭގެ އުތުރުން އިންޑިއާއާ ދިމާލަށެވެ. އަދި މިހެން ކަމުން ރެއިން ފެށިގެން މި ތޫފާނުގެ ސަބަބުން ރާއްޖެއަށް ކުރާ، އަސަރު ކުޑަ ވަގެންދާނެ ކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.