ads
ލަވާޒާ ބޮއިކޮޓު ކުރަން ގިނަ ބަޔަކު ދަނީ ގޮވާލަމުން ފޮޓޯ:---
ރާއްޖޭގެ ޓްވިޓާ ޓްރެންޑިން ލިސްޓުގެ 1 ވަނައަށް ބޮއިކޮޓް ލަވާޒާ
އިޓަލީގެ ލަވާޒާ ގްރޫޕުގެ އުފެއްދުންތައް ބޮއިކޮޓު ކުރުމަށް ގޮވާލާ ބޭނުން ކުރަމުންދާ ހޭޝްޓެގް، boycottLavazza# ރާއްޖޭގެ ޓްވިޓާ ޓްރެންޑިން ލިސްޓުގެ 1 ވަނަ މަގާމަށް ޖެހިލައިފި އެވެ.

ލަވާޒާ ބޮއިކޮޓް ކުރަން ގޮވާލަން ފަށާފައިވަނީ އެ ކުންފުނިން ފަލަސްތީނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރުދިނުމުންނެވެ. 

މިހާތަނަށް boycottLavazza# ހޭޝްޓެގު ބޭނުންކޮށްގެން 3،400 އަށްވުރެ ގިނަ މީހުން ދިވެހި ރާއްޖެއިން ޓްވީޓުކޮށްފައިވާކަމަށް ޓްވިޓާގެ ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ގިނައީ ރާއްޖޭގައި މަގުބޫލުކަން ހޯދާފައިވާ ލަވާޒާ ކޮފީ ބޮއިކޮޓް ކުރުމަށް ގޮވާލާ، ޝުއޫރުފާޅުކޮށްފައިވާ ޒުވާނުންނެވެ. 

ލަވާޒާ ގްރުޕުގެ މައްސަލަ ހޫނުވީ، އެ ކުންފުނިން ސްޕޮންސަރ ކުރާ އިނގިރޭސި ކްލަބު، އާސެނަލްގެ ކުޅުންތެރިއަކު ފަލަސްތީނަށް ތާއީދުކޮށް ކުރި ޓްވީޓެއްގައި މައްސަލާގައި ލަވާޒާއިން އާސެނަލްއާ ވާހަކަ ދައްކަން ފެށި ހިސާބުންނެވެ. 

ލަވާޒާ ގްރޫޕުން ބުނީ އެލްނެނީގެ ޕޯސްޓަކީ އެ ކުންފުނީގެ ޕޮލިސީތަކާ ހިލާފް އަދި ނަސްލީ ތަފާތުކުރުންތަކަށް ހިތްވަރުދޭ ޕޯސްޓެއް ކަމަށެވެ. އަދި އެފަދަ ގޮތަށް ގޮތަކަށް ޔަހޫދީންނާއި ދެކޮޅަށް ވާހަކަަދެއްކުން ބަލައި ނުގަނެވޭނެ ކަމަށް ލަވާޒާ ގްރޫޕުން ބުނެއެވެ.

އާސިނަލް އިން ވަނީ އެލްނެނީ އާއި އެކަމާ ގުޅޭ ގޮތުން ވާހަކަ ދެކެވުނުކަން ކަށަވަރު ކޮށްދީފައެވެ. އާސިނަލް އިން ބުނީ އެލްނެނީއަށް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާާ ޕްލެޓްފޯމްގައި އޭނާގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންްނާނެ ކަމަށެވެ.  

އެލްނެނީގެ އިތުރުން ލިވާޕޫލްގެ ތަރި މުހައްމަދު ސަލާހް ވެސް ވަނީ ފަލަސްތީނުގެ ދިފާއުގައި ތެދުވެފައެވެެ. ސަލާހް ވަނީ އިޒްރޭލުންދޭ ހަމަލާތައް ހުއްޓުވެން ހުރި ހުރިހާ ކަމެއް ކުރުމަށް އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ކައިރިން އެދިފައެވެ. 

މެންޗެސްޓާ ޔުނައިޓެޑްގެ ޕައުލް ޕޮގްބާ ވެސް ވަނީ ފަލަސްތީނުގެ ދިފާއުގައި ވާހަކަ ދައްކާފައެވެެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް