ads
އެޑިތުގެ ޓްވީޓާއި، ޝޯލަމް މީޑިއާގައި ދައުރުވަމުންދާ މީމް އެއް ފޮޓޯ:---
ޓްވިޓާގައި ދިވެހި ޒުވާނުން އެޑިތަށް "ކުރުދޮށިން ދީފި"
ޓްވިޓާގައި ފަލަސްތީނަށް ތާއީދުކޮށް، ދިވެހި ޒުވާނަކު ކުރި ޓްވީޓަކަށް، ދިވެހި ރާއްޖެއަށް މިކަމުގައި ކުރެވޭނީ ކޮންކަމެއްހޭ ބުނެ ރައްދުދިން އެޑިތު ނާސެސިއަންއަށް ދިވެހި ޒުވާނުން "ކުރުދޮށިން ދީފި" އެވެ.

އިއްޔެ އިރާކޮޅު، ދިވެހި ޒުވާނަކު ޓްވީޓު ކުރި ފޮޓޯގައި އިނގިރޭސި ބަހުން ލިޔެފައިވަނީ "ކުޑަ ކުޑަ ރާއްޖެއެއް އިޒުރޭލަކަށް ބިރެއް ނުގަންނާނެ." މިހެންނެވެ. "ރާއްޖެއަށް ކުރެވޭނީ ކޮންކަމެއް؟.. ދޮންވެލި ކޮޅަކާއި އައިސްކްރީމު ކޮޅެއް ފޮނުވާނީތަ؟" މި ޓްވީޓަށް ރައްދުދެމުން އެޑިތު ޓްވީޓުކޮށްފައިވެއެވެ. 

އެޑިތުގެ މި ޓްވީޓާއިއެކު ޓްވިޓާ ބޭނުންކުރާ ގިނަ އަދަދެއްގެ ދިވެހި ޒުވާނުން ވަނީ އޭނާއަށް ރައްދުދީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ. އެއްބަޔަކު ހެއްވާ މަޖާ، "މީމްސް" އިން ރައްދުދެމުންދިޔައިރު އަނެއް ބަޔަކު ހިޔާރުކުރީ "ޖިފް" އަކުން ރައްދުދޭށެވެ. ގިނަ ބަޔަކު އޭނާއާއި ދެކޮޅަށް ހިޔާލު ފާޅުކުރަމުން ދިޔަ ނަމަވެސް އެޑިތު މި މައްސަލާގައި އިތުރު ޓްވީޓެއް ނުކުރެއެވެ. 

މިހާތަނަށް އެޑިތުގެ ރިޕްލައިއަށް 370 އަށްވުރެ ގިނަ މީހުން ވަނީ ރައްދުދީފައެވެ. އެޑިތުއަށް އަމާޒުކޮށް ގިނަ ބަޔަކު ރައްދުދެމުންދާއިރު މީގެ އަހަރުތަކެއް ކުރިން ދިވެއްސެއްގެ ކުރެހުމެއް ވަގަށް ނަގާ، އަމިއްލަކޮށްގެން އުޅުނު، އެމެރިކާގެ ރެޕް އާޓިސްޓު، އެރަން ކާޓާއަށް ވެސް ދިވެހިން ޓްވިޓާގައި "ހޭއަރުވާލީ" މިފަދަ ގޮތަކަށެވެ. 

93%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
2%
ސަތޭކައަކުން ސުމެއް
1%
ވަރަށް ސަލާމް
ކޮމެންޓްސް