ads
ދަރަވަންދޫ ---
ކަރަންޓީނު އުސޫލާ ހިލާފުވި މީހެއް ޕޮޒިޓިވްވެ، ދަރަވަންދޫ މޮނީޓަރިންގެ ހާލަތަށް
ކަރަންޓީނު އުސޫލާ ހިލާފުވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބ. ދަރަވަންދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މިކަމާ ގުޅިގެން ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު މުހައްމަދު ސިނާން ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

އެގޮތުން ރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ، ކަރަންޓީނުގައި ހުރި މީހެއް ކޮވިޑަށް ޕޮޒިޓިވްވުމުން ކަމަށް ސިނާން ވިދާޅުވިއެވެ. އެމީހާއަކީ ކޮވިޑް ސާމްޕަލް ނެގުމަށްފަހު، ރިޒަލްޓު ނުލިބެނީސް ރަށުތެރެއަށް ނިކުމެ އުޅުނު މީހެއް ކަމަށް ސިނާން ވިދާޅުވިއެވެ.

މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މިއަދުގެ ވަގުތެއްގައި ރަށުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ފަށާނެ ކަމަށް ސިނާން ވިދާޅުވިއެވެ. 

ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އިއުލާނެއްގައި ވަނީ، ޕޮޒިޓިވްވެފައިވަނީ ރަށުގައި ކަރަންޓީނު ފުރިހަމަ ކުރަމުން އައި ބިދޭސީއެއް ކަމަށް ބުނެފައެވެ. އަދި އެމީހާ ވަނީ ކޮވިޑްގެ ނަތީޖާ ނުލިބެނީސް ގެއަކަށް ގޮސްފައި ކަމަށާއި، ރޭގެ އިޝާނަމާދުގެ ޖަމާއަތަށް އެރަށު ހުކުރު މިސްކިތަށް ގޮސްފައިކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކޮވިޑަށް ޕޮޒިޓިވްވިކަން ނޭނގި ހުރެ، ކަރަންޓީނު އުސޫލާ ހިލާފުވެ އެމީހާ ވަނީ ރަށުގެ ތަފާތު ތަންތަނަށް ގޮސް ގިނަ އަދަދެއްގެ ބަޔަކާ ބައްދަލުވެފައި ކަމަށް ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އިއުލާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މިމަހު ހައެއްގެ ފަހުން އެމީހާއާއި ބައްދަލުވި އެންމެން ދަރަވަންދޫ ސިއްހީ މަރުކަޒުގެ ނަންބަރު 6600040 އަށް ގުޅައިގެން މައުލޫމާތު ހިއްސާ ކުރުމަށް ދަރަވަންދޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ނެރުނު އިއުލާނުގައި އެދިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް