ads
އެމްއެންޑީއެފް އިން މީގެ ކުރިން ހިންގި އެކްސަސައިޒެއްގެ ތެރެއިން-
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހަކު ހައްޔަރުކޮށްފި
ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްރެރިވި މީހުކު މިރޭ މާލެއިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށިފިކުރު ފެތުރުމުގަައި އިސްކޮށް ހަރަކާތްތެރިވާ މީހެއްކަމަށް ތުހުމަތުކުރެވޭ މީހަކު މިރޭ މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. 

މިރޭ ހައްޔަރު ކޮށްފައިވަނީ 49 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ނަމަވެސް އެ މީހާއާ ގުޅޭ އިތުރު މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މަހުގެ 15 ވަނަ ދުވަހު ޓެރަރިޒަމްއާ ދެކޮޅަށް އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައިވެސް ފުލުހުން ވަނީ ހަތް ދިވެހިން ހައްޔަރުކޮށްފައެވެ. އެ ހަތް މީހުންނަކީ ވެސް އެ ސިޓީގައި ހަރުކަށި ފިކުރު ފަތުރައި، އެކަމުގެ ތެރޭގައި އުޅުނު ބައެއްކަމަށް ވެއެވެ. 

ހަރުކަށި ފިކުރު ފަތުރައި މީހުންގެ ލޭ ހުއްދަކުރަން ގޮވާލާ ފަރާތްތަކާމެދު އަވަސް ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖީލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

ހަރުކަށި ފިކުރު ފެތުރުމުގެ އިތުރުން، ޓެރަރިޒަމް އަށް ހިތްވަރުދޭ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް